ޚަބަރުސިޔާސީ

ނަޝީދަށް ހަމަލާ ދިން މީހުނަށް ދައުވާ ކުރުމާމެދު ގޮތެއް ނިންމައި، މާދަމާ ތަފްސީލް ހާމަ ކުރަނީ!

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް 6 މެއި ގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ދައުވާ ކުރުމަށް ފޮނުވާފައިވާ މީހުންނަށް ދައުވާ ކުރުމާއިމެދު ގޮތެއް ނިންމައިފާވާ ކަމަށާއި އެކަން މާދަމާ ހާމަކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަމުގެ ތަފްސީލް މާދަމާ މެންދުރު 2:00 ގައި ބާއްވާ ނޫސްވެރިންގެ ބައްދުލުވުމުގައި ހާމަކުރައްވާނެ ކަމަށެވެ.

https://twitter.com/HuShameem/status/1422093256892899328

ރައީސް ނަޝީދަށް ދިން ހަމަލާއަކީ އެއްވެސް ބަޔަކު ފަންޑް ކޮށްގެން ހިންގި ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނި ގޮތުގައި މިހަމަލާއާއި ގުޅިގެން ވަނީ 317 ބޭންކް ސްޓޭޓްމަންޓް ހޯދިފައެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ އެސެސްމެންޓްއެއް ހެދިފައިވާ ކަމަށް ވެސް ފުލުހުންވަނީ ބުނެފައެވެ. އަދި މިމައްސަލައަކީ އިނާމް ފައިސާ ދީގެން ދިން ހަމަލާއެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި މިއީ ނަފްރަތާއި އަދާވާތްތެރިކަމުގެ ތެރެއިން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު މީގެ ކުރިން ވިދާޅުވީ ނަޝީދަށް ދެވުނު ހަމަލާގެ އިސް އެކަކު ކަމަށްވާ އަބްދުﷲ އަލި މަނިކު ޖަލުން މިނިވަން ކުރި ކުރުމާ ބޮމުގެ ހަމަލާ އައި ގުޅުވައި ތަހުގީގު ނުކުރާ ކަމަށެވެ. އޭނާ ދޫކޮށްލުމުގައި ރައީސް އޮފީހާއި ކަރެކްޝަންސް އާއި ކުރި މުއާމަލާތްތަކަކީ މި މައްސަލައިގެ ތެރޭގައި ނުބަލާ ކަމެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

“މިހާތަނަށް އެކަމާ ގުޅިގެން އަޅުގަނޑުމެން ޝައްކު އުފައްދައިގެން ބަލަންޖެހޭ ކަަހަލަ ހަރުދަނާ ސަބަބެއް ފެނިފެއް ނުއެއް ނެތް. އޭގަ ވަކި ހާއްސަ ތުހުމަތެއްވެސް ނެތް. އޭނާ ދޫކޮށްލުމަކީ މިކަމާ ގުޅިގެން ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށް އިނގޭތޯ.” ރިޔާޒު ވިދާޅުވިއެވެ.

އަބްދުﷲ އަލި މަނިކު މެން ފަދަ މީހުން ދޫކޮށްލުމުގެ ސަބަބުން މުޖުތަމައަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލަފާ އެރުވިކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ރައީސަށް އެފަދަ ލަފާ އަރުވަނީ ކްލެމެންސީ ބޯޑުންނެވެ. އެބޯޑުގައި ފުލުހުންގެ ބޭފުޅަކު އިންނަވައެވެ.

ފުލުހުން ބުނިގޮތުގައި މިމައްސަލާގައި ހައްޔަރު ކުރީ ހަރުކަށި ފިކުރު އަދި އައިސިސްގެ ފިކުރަށް ތާއީދުކުރާ ބައެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button