ޚަބަރުސިޔާސީ

ފުލުހުންގެ ރީޖަނަލް ހެޑްކުއާޓާއެއް އައްޑޫ ސިޓީގައި ހަދަނީ

 

ފުލުހުންގެ ރީޖަނަލް ހެޑްކުއާޓާ އެއް އައްޑޫ ސިޓީގައި ހެދުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުންގެ ރީޖަނަލް ހެޑްކުއާޓާ އަޅަން ބަޔަކު ހޯދަން އިއުލާންކޮށް ފިނޭންސް މިނިސްޓްރީއިން ކޮށްފައިވާ އިއުލާނުގައިވަނީ މި މަސައްކަތް ކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ފެށޭ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން މި ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ފުރުސަތު އޮންނާނެ ކަމަށެވެ.

ރީޖަނަލް ހެޑްކުއާޓާގެ ބިޑް ސެކިއުރިޓީ އަކީ 200،000 ރުފިޔާއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތު ހަމަވާނީ  ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ތެރޭގައެވެ.

މިވަގުތު ފުލުހުންގެ ތިން މަރުކަޒާއި، ފުލުހުންގެ އެއް ތަމްރީނު ސެންޓަރު އައްޑޫ ސިޓީގައި އެބަހުއްޓެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button