މުނިފޫހިފިލުވުން

ކަވާސާގެ 31 ވަނަ ގިގު މިރޭ ކްލަބްހައުސްގައި

ކަވާސާގެ 31 ވަނަ ގިގު މިރޭ ކްލަބްހައުސްގައި ބާއްވަން ނިންމައިފިއެވެ.

މިއުޒިޝަނުން މާލީގޮތުން ބާރުވެރިކުރުވުމަށް ވިޔަފާރި އުސޫލުން ކުރިޔަށް ގެންދާ ކަވާސާ ގިގު ނައިޓުގެ މިރޭގެ ޝޯވް ކްލަބްހައުސްގައި ފަށާނީ 23:00 ގައެވެ.

މިރޭގެ ޝޯވް ހުށަހަޅައިދޭނީ ޒުވާން މިއުޒިޝަން އަހުމަދު ނަޒީހު އިސްމާއީލެވެ.

ޝޯވްގެ ލިންކު

ކަވާސާއިން ބުނިގޮތުގައި މިރޭގެ ޝޯވް ސްޕޮންސަރ ކުރީ ޓާކޯސް ކެފޭގެ ފަރާތުންނާއި މިއުޒިޝަނުންނަށް ހެޔޮއެދޭ 3 ފަރާތަކުންނެވެ.

”ކަވާސާގައި އާޓިސްޓުންނަށް ކުރިމަގު އެބައޮތް. އަޅުގަނޑުމެންގެ ޕްލެޓްފޯމުގައި ހިލޭ ސާބަހަށް އެއްވެސް މިއުޒިޝަނަކު ނުކުޅޭނެ. އެއީ ބޭނުންވާގޮތެއް ނޫން. ދޮޅުގަޑިއިރެއްހާ ވަގުތުކޮޅެއްގައި 13 ވަރަކަށް ލަވަ ހުށަހަޅައިދީގެން އަގު ވަޒަންކުރެވޭ ވަރުގެ އާމްދަނީއެއް ލިބޭނެ.“ ކަވާސާއިން ބުންޏެވެ.

އެ ކްލަބުން ބުނީ ކަވާސާގައި ޕާފޯމްކޮށްގެން ހުސްއަތާ އެއްވެސް މިއުޒިޝަނަކު ނުދާނެ ކަމަށާއި އެހެން ނަމަވެސް މާލީ ހާލަތު ދަށް ދުވަސްވަރެއްގައި ސްޕޮންސަރ ހޯދުމުގެ މަސައްކަތަކީ އުނދަގޫ މަސައްކަތެއް ކަމުން މިއުޒިޝަނުން ބާރުވެރިކުރުވުމަށް އެންމެގެވެސް އެހީތެރިކަން ބޭނުންވާ ކަމުގައެވެ.

ކަވާސާއަކީ ވާޗުއަލް އޯޑިއޯ ކޮންސެޕްޓެއްގައި ލައިވް ގިގުތައް ރާއްޖޭގައި ބާއްވަން ފެށި ފުރަތަމަ ކްލަބެވެ. އެ ކްލަބްގެ ޝޯވްތައް ހިލޭ އަޑުއަހާލުމަށް ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ވަދެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button