ޚަބަރު

އީސީއިން ދައްކަނީ ދޮގުވާހަކައެއް: ޕީޕީއެމް

ސަރުކާރުން ސީދާ ނުފޫޒުފޯރުވައިގެން ޕީޕީއެމް ބަދުނާމުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ދައްކަނީ ދޮގުވާހަކައެއް ކަމަށް ޕީޕީއެމުން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2021 ވަނަ އަހަތުގެ އޮކްޓޫބަރުމަހުން ފެށިގެން އެޕާޓީއަށް ސޮއެކޮށްފައިވާ 5000 މެނަބަރުން ވަގަށް ނަގާފައިވާ މައްސަލަ އީސީއާއި ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް، އެވާހަކައިގެ މިސްރާބު އަބުރާލައި އެމައްސަލައަށް އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތައް ހުރަސްއަޅަމުން ދާކަމަށެވެ.

މި ބަޔާނުގައި ޕީޕީއެމުން ވަނީ 2018 ވަނަ އަހަރުން 2022 ވަނަ އަހަރުގެ ނިޔަލަށް ޕީޕީއެމުން ހުށައަޅާފައިވަނީ 391 ފޯމުކަމަށް އިސީއިން ބުނެފައިވަނީ ކިހާވަރަކަށް ބައްލަވާފައިތޯ ސުވާލުކުރައްވާފައެވެ. އަދި މިއަދަދު އާންމުކޮށްފައިވަނީ ކޮން އަސާސެއްގެ މައްޗަށްތޯ އަދި، ޖިނާއީ ތަހުގީގެއް ހިންގުމަށް ފަހުތޯ ވަނީ ސުވާލު އުފައްދާފައެވެ. އަދި އެފޯމުތަކުގެ ފިންގާޕްރިންޓް ވެެރިފައިކޮށްފައިވޭތޯ ވަނީ ސުވާލުއުފައްދާފައެވެ. މި ބަޔާނުގައި އެޕާޓީއިން ވަނީ މިކަންކަން ދިވެހިރައްޔިތުންނަށް ސާފުކޮށްދިނުމަށް އެދިފައެވެ. އަދި ހުށައަޅާފައިވާ ކަމަށް ބުނާ 391 ފޯމުގެ މައުލޫމާތު ޕީޕީއެމްއާއި ހިއްސާކުރުމަށް ވަނީ ގޮވާލާފައެވެ.

ހަމަ އެހެންމެ އެޕާޓީއިން ފާހަގަކޮށްފައިވާ ގޮތުގައި، ޕާޓީތަކުން ވަގަށް މީހުން ބަދަލުކުރުމުގެ މައްސަލަ ހައްލުކުރުމުގައި އީސީ އަށް އެންމެ ބޮޑު އެއްބާރުލުމެއް ދެނީ އެޕާޓީއިން ކަމަށް ވީއިރު، ހަގީގަތް އޮޅުވާލައި، އެޕާޓީ ބަދުނާމުކުރުމަށް އެކޮމިޝަނުން މަސައްކަތްކުރަނީ ސީދާ ސަރުކާރުގެ ނުފޫޒުން ކަމަށް ތުޙުމަތުކޮށްފައިވެއެވެ. އަދި މިއީ 2023 ވަނަ އަހަރުގެ އިންތިހާބު ވަގަށް ނެގުމަށް މަސައްކަތް ކުރާ ފަރާތްތައް ރުއްސުމަށް ކުރާ ކަމެއް ކަމަށް ބެލެވޭކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޕާޓީއިން ވަނީ، އެޕާޓީއިން މެންބަރުން ވަގަށް ނަގާފައިވާ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކޮށް، ވަގަށް ނަގާފައިވާ މެންބަރުން އިތުރު ފޯމެއް ފުރުމެއް ނެތި އަނބުރާ ޕީޕީއެމްގެ ދަފްތަރަށް ބަދަލުކުރުމަށް ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button