ޚަބަރު

ޔޯގާ ހުއްޓުވުމުގެ ތުހުމަތުގަައި މުހައްމަދު އިސްމާއިލް އާއި ޓަކީ ހައްޔަރުކޮށްފި

ޔޫތް މިނިސްޓްރީއާއި އިންޑިއާ ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރ ގުޅިގެން ކުރިއަށްގެންދިޔަ ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވުމުގެ ތުހުމަތުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އެކްޝަން ކޮމިޓީގެ ޗެއަރޕަރސަން މުހަންމަދު އިސްމާއިލް އާއި ޕީޕީއެމް ކައުންސިލް މެންބަރު އިބްރާޙިމް ރައްޒާން (ޓަކީ) ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ދެބޭފުޅުންވެސް ހައްޔަރުކުރީ ލެވެންޑަރ ކެފޭ ތެރޭގައި ތިއްބަވަނިކޮށް މިއަދުގެ 6:15 ހާއިރުއެވެ. މީގެ އިތުރުން ހައްޔަރު ކުރުމަށް އައި ފުލުހުންގެ މުޅި ޓީމު މޫނު ނިވާކޮށްގެން ތިބިއިރު، ޕީޕީއެމް ކައުންސިލް މެންބަރ ރައްޒާން (ޓަކީ) ހައްޔަރުކުރީ ފަހަތަށް ބިޑި އަޅުވައިގެންނެވެ.

އެވަގުތު އެތަނުގައި ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ދެބޭފުޅުންވެސް ހައްޔަރުކުރީ ޔޯގާ ހަރަކާތް ހުއްޓުވުމުގެ ތުހުމަތުގައި ތަހްގީގުކުރުމަށް، ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ހައްޔަރަށް ގެންދެވުނު އިރު ދެބޭފުޅުން ކުރެ އެއްބޭފުޅަކުވެސް ހައްޔަރަށް ދެކޮޅު ހަދާ ނުކިޔަމަންތެރިވެފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ހިނގާ ދިޔަ ހާދިސާއާއި ގުޅިގެން ސަދުކާރުން ދަނީ އެކަން އިދިކޮޅު ކޯލިޝަންގެ ބޮލުގައި އެޅުވުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އިދިކޮޅުން ވަނީ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button