ޚަބަރު

ޔޯގާ ހަމަނުޖެހުމުގައި ބައިވެރިވި ސިޔާސީ ޕާޓީތަކަށް ފިޔަވަޅު އަޅާނަން: އިލެކްޝަން

2022 ޖޫން 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި، ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުގައި ސިޔާސީ ޕާޓީއެއްގެ އަތެއް ވާނަމަ، އެ ޕާޓީއަކާއިމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އެ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ އެކަމާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޔޯގާ ހަރަކާތުގައި ބައިވެރިވި ސަފީރުންނާއި ޑިޕްލޮމެޓުންނާއި އަދި އާންމުންނާ ދެކޮޅަށް ބިރުވެރިކަން އުފެދޭގޮތަށް ހަމަނުޖެހުން ހިންގައި ބައެއް މީހުންނަށް އަނިޔާކޮށް ތަކެއްޗަށް ގެއްލުންދިން ދިނުން ހިމެނޭހެން އެކަން ކުށްވެރި ކުރާކަމުގައެވެ.

ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް އޮތް ކަމަށް ފުލުހުންގެ ތަހުގީގުން ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަނުން ބުނެފައިވާއިރު، އެ ހަމަނުޖެހުމުގައި ބޭނުން ކުރި ދިދަތައް ޕީޕީއެމުން ނެރުނު މައްސަލައިގައި އެޕާޓީއިން ބުނީ، އެ ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، އެކަމުގައި ބައިވެރި ނުވާކަމުގައެވެ.

One Comment

  1. ސިޔާސީ ޕާޓީއެއް ބައިވެރިވި ކަމަށް ނިންމޭނީ އެ ޕާޓީއެއްގެ ކައުންސިލުން ނުވަތަ މެނޭޖުމަންޓުން ކަމެއް ކުރުމަށް ނިންމާ ޔައުމިއްޔާ ގައި އެބައްދަލުވުމުގައި ބައިވެރިވި މީހުން ސޮއިކޮށްފައިވާ ނަމަ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button