ޚަބަރުސިޔާސީ

މާލޭގައި މާހެފުމުގެ ޙަރަކާތްތައް ބާއްވާނެ ދުވަސްތައް ކަނޑައަޅައިފި

ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން މާލޭގައި މާހެފުމުގެ ޙަރަކާތްތައް ކުރިއަށް ގެންދާނެ ދުވަސްތައް މާލެ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.

މި ދުވަސްތައް ކަނޑައަޅާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 41 ވަނަ ރަސްމީ ޢާއްމު ޖަލްސާގައެވެ.

އެގޮތުން ޢާއްމު ފަރާތްތަކުން މަގު ބަންދުކޮށްގެން މިޙަރަކާތް ކުރިއަށް ގެންދިއުމަށް އެދި ހުށަހެޅުނު ހުށަހެޅުއްވުން މިއަދުގެ ޖަލްސާގައި ވަނީ ފާސްވެފައެވެ.

މާހެފުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި މާލޭގެ މައިމަގުތައް ނުހިމެނޭ ގޮތަށް މަގު ބަންދުކޮށްގެން އެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދިނުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ޢާއްމު ފަރާތްތަކުން މާހެފުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 25، 26، 29 އަދި 30 ގައިކަމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ޒަމާނުއްސުރެ މާފެހުމުގެ ހަރަކާތަކީ ރަމަޟާން މަހާއި ގުޅުވައިގެން ބާއްވަމުންދާ ޙަރަކާތެކެވެ. އެހެންކަމުން މާހެފުމުގެ ހަރަކާތްތައް ބޭއްވުމަށްއެދި ސިޓީ ހުށަހެޅުމުގެ ފުރުޞަތުވެސް މިހާރު ވަނީ މާލެ ސިޓީ ކައުންސިލުން ހުޅުވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button