ޚަބަރުވިޔަފާރި

އުރީދޫ ނޭޝަން- ގޭމަރސް ލޭންޑް“ ރާއްޖެއަށް“

ގޭމު ކުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން އުރީދޫއިން އެ ކުންފުނީގެ ބައިނަލްއަގުވާމީ ގޭމިންގ ޕްލެޓްފޯމް، ”އުރީދޫ ނޭޝަން- ގޭމަރސް ލޭންޑް“ ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

އުރީދޫ އިން ބުނެފައިވަނީ މި ޕްލެޓްފޯރމް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ރާއްޖޭގައި ގޭމިން ކޮމިއުނިޓީ އެއް ބިނާކޮށް، ހަލުވިދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަގްސަދުގައި ކަމަށެވެ. އުރީދޫ ނޭޝަން ރާއްޖެއަށް ތައާރަފްކޮށްފައިވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓާއި ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ބޭފުޅުންގެ ހާޒިރުގައި މިނިސްޓަރ އޮފް ޓުއަރިސަމް، އަލްފާޟިލް އަބްދުއްލާ މައުސޫމް އިފްތިތާޙްކޮށްދެއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އުރީދޫ ނޭޝަން މެދުވެރިކޮށް އައިޓިއުންސް، ނިންޓެންޑޯ، ޕްލޭސްޓޭޝަން އަދި މިނޫންވެސް ދުނިޔޭގެ އެކި ގޭމިން ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑް ގަނެވޭނެއެވެ. އަދި ގޭމް ކުޅޭ ފަރާތްތަކަށް ooredoonation.mv މެދުވެރިކޮށް ޕަބްޖީ، ގެރީނާ ފްރީ ފަޔާ، މޯބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ރޮބްލަކްސް އަދި މިނޫންވެސް ގިނަ ގޭމްތަކަށް މޯބައިލް ޑޭޓާ ޕެކްތައް އެކްޓިވޭޓް ކުރެވޭނެއެވެ.

އުރީދޫން ބުނީ އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ފުރުސަތުތައް ފަހިކޮށްދީ، އުރީދޫގެ ވަރުގަދަ 4ޖީ އަދި ފުޅާވަމުންދާ 5ޖީ ނެޓްވޯކްގެ ލޯ ލޭޓެންސީ މެދުވެރިކޮށް ފުރިހަމަ ތަޖުރިބާއެއް ފަހިކޮށްދިނުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button