ޚަބަރުކުޅިވަރު

މެސީ ބާސާގައި މަޑެއް ނުކުރާނެ

ބާސެލޯނާގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމުގައިވާ ލިއޮނަލް މެސީ އެކުލަބްގައި މަޑު ނުކުރާނެކަން އެކުލަބުން ބުނެފިއެވެ.

ބާސެލޯނާގެ އޮފިޝަލް ޕޭޖުގައި ހާމަކޮށްފައިވާގޮތުން މެސީ އާއި ބާސާއާއި ދެމެދު އެއްބަސްވުމަކަށް އާދެވިފައި ވީނަމަވެސް ލަލިގާގެ ގަވާއިދު އެ އެއްބަސްވުމަށް ތަންނުދިނުމުގެ ސަބަބުން މެސީއަށް ބާސާގައި އިތުރަށް މަޑެއް ނުކުރެވޭނެއެވެ.

މެސީ އަކީ ބާސާގެ ތާރީހުގައި އުކުލަބަށް އެންމ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިތެރިޔާއެވެ. މެސީ ވަނީ 778 މެޗުން ބާސާއަށް 672 ލަނޑު ކާމިޔާބުކޮށްދީ 305 އެސިސްޓް ކޮށްދީފައެވެ. މެސީ ވަނީ ބާސާއާއިއެކު 35 ތަށި އުފުލާލާފައެވެ. އެއީ 4 ޗެމްޕިއަންސްލީގާއި 10 ލަލީގާއާއި 7 ކޮޕަޑެލްރޭއާއި 3 ޔޫއެފާ ސުޕަކަޕްގެ އިތުރުން 3 ފީފާ ކްލަބް ވޯލްޑްކަޕެވެ.

މެސީ ބާޗާގައި މަޑު ނުކުރާނެކަން އެކުލަބުން ހާމަކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ އެކުލަބްގެ ދަނޑުގެ ކުރިމަތީގައި އިހުތިޖާޖު ކުރަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button