ޚަބަރު

ހަމަނުޖެހުމުގެ ޒިންމާ ނަގަން ޖެހޭނީ މަހުލޫފް: ޝެއިހް ނިޝާން

އަންގާރަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަމަނުޖެހުން ތަކުގެ ޒިންމާ ނަގަން ޖެހޭނީ އެކަން އިންތިޒާމް ކުރި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ އެތަނުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އަމިއްލަ ފޭސްބުކް އެކައުންޓުގައި އާންމުކުރި ސްޓޭޓްމަންޓެއްގައި ޝައިޚް ނިޝާން ވިދާޅުވީ އިއްޔެ ހިނގައި ދިޔަ ކަންތައްތަކުގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ މަރުދީފައި ކޮންމެ ގޮތަކުންވިޔަސް އެކަން އިންތިޒާމް ކުރި ޔޫތު މިނިސްޓަރ މަޚްލޫފް ކަމަށެވެ.

އައްޝައިޚް އާދަމް ނިޝާން އަމިއްލަ ފޭސްބުކް އެކައުންޓުގައި އާންމުކުރި ސްޓޭޓްމަންޓް

ޝައިޚްގެ ފޭސްބުކް ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ޔޯގާ ހަރަކާތުގެ ހުރި ނުބައިކަމާއި ނުރައްކާތެރިކަން އެނގި ރައްޔިތުންގެ ޝަކުވާތައް ލިބުމާއި އެކު މާލެ ސިޓީ ކައުންސިލުން ރަސްފަންނު ނުދޭން ނިންމުމުން ވެސް ރާއްޖޭގެ އެންމެ އިއްޒަތާއި ޝަރަފުގައި ހަފްލާތައް ބާއްވާ ގަލޮޅު ދަނޑު ހަމަޖައްސައި ރަސްމީ އިއްޒަތާއި ޝަރަފުގައި އެކަން ބޭއްވީ ކަމަށެވެ.

އަދި އެކަން އެގޮތައް ކުރީ ދިވެހި މުސްލިމު ރައްޔިތުން ރުޅި އަރުވައި ލޭކައްކުވަން ނޫން ދެންވަކި ކޮންކަމަކުކަމާއި މެދު ޝައިޚް ވަނީ ސުވާލު އުފައްދާފައެވެ.

އަދި މީގެ އިތުރުން މަހުލޫފް ހަރުއަޑުން އިންޓަވިއު ދީ ދޮގު ބުހުތާނު ހަދައި ދީނާއި ސިޔާސަތު ވަކިކުރަން ގޮވާލާފައިވާއިރު، އެކުރެވުނީވެސް ވަކި ކުޑަކަމެއް ނޫން ކަމަށް ވެސް ޝައިޚް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ މަޚްލޫފް އެ ފައްޓަވައިދެއްވާފައިވަނީ ރަސްމީ އިއްޒަތާއި ހިމާޔަތުގައި، މިފަސްގަނޑުގައި ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަން ކުރުމުގެ ފުރުސަތު ކަމަށް ވެސް ޝައިޚް ވިދާޅުވެފައިވެއެވެ.

2 Comments

    1. ދަށު ދަރަޖައަށް ޔިޔަދިޔައީ ތިބާ. އަމިއްލަ ނަފުސު ވިއްކާލުމައްވުރެ ކަޑަ ކަމެއް ބުނެބަލަ! ތިޔައީ ސަރުކާރުން ކޮރަޕްޝަނުގެ ކުޑަ ފައިސާ ފޮއްޗަކަށް ވިކިފައިވާ އަޅެއް. ދެން ފައިސާކޮޅެއް ދިނީމާ އަނެއްކާވެސް ކޮންމެވެސް ލާދީނީ އެއްޗެއް ކިޔާލާ. އަދި ވަރަށް އަވަހަށް އެބައާދޭ ކަލޯމެން ޖަލަށްދާންޖެހޭ ދުވަސް

Leave a Reply

Your email address will not be published. Required fields are marked *

Back to top button