ޚަބަރުސިޔާސީ

ޝައްކު އުފެދޭ ކަންކަމަށް ސަމާލުވުމަށް ނަރީޝް ގޮވާލައިފި

މިސަރުކާރު އައިފަހުން ހިނގާފައިވާ ކަންކަމާއި އިސްލާމްދީނާއި ބީރައްޓެހި ކަންކަމުގެ ސަބަބުން ޝައްކު އުފެދޭ ކަންކަމުގައި ސަމާލުވާން ޖެހޭ މިންވަރު އިތުރު ކުރަންޖެހޭކަމުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދް ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން ގޭގަ މައުލޫދު ކިޔާ ސަލަވާތްފުޅު ކިޔާ ކަނދި މަހު ކަނދި ކެއްކި ވާހަކަވެސް އަޑު އިވޭކަމަށެވެ. ނަދުރުބުނުމާއި މިފަދަ ކަންކަން ހުއްޓާލީ ބިދުއައެއް ކަމަށް ވުމުން ކަމަށާއި އަދި އެ ފަދަ ކަންކަމަކީ ދީނާ ބީރައްޓެހީ ކަމަކަށް ވުމުންކަމުގައެވެ.

ނަރީޝް އިތުރަށް ވިދާޅުވީ އިންޑިއާ މީހުންގެ ފަރާތުން އިސްލާމްދީނަށް ފުރައްސާރަކުރުން ރާއްޖޭގައި އިތުރު ވުމުންވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެެވެ.

ނަރީޝް މިފަދައިން ވިދާޅުވެފައިމިވަނީ ޔޯގާޑޭ ފާހަގަ ކުރުމާއި ގުޅޭގޮތުން އާންމުންގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

2 Comments

  1. ނަރީޝް އަށްވެސް މަގާމުގެ ގޮތުން ދެން މާއެނގެނީ.
    ވަރިކުރިފުޅުގެ ވާހަކަ އައުކޮށްފަ ދެއްކިއްޔާ ތާހިރުވާނެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button