ޝިރުކަށް ތާއީދުކޮށް އިސްލާމިކް މިނިސްޓްރީއިން ބަޔާނެއް ނެރެފި
އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތު މިނިސްޓްރީ އިން އިއްޔެ ހެނދުނު ކުރިއަށްގެންދިޔަ ޔޯގާ ޑޭ ހަރަކާތް ދިފާއުކޮށް އިސްލާމިކް މިނިސްޓްރީއިން ބަޔާނެއް ނެރެފިއެވެ.
އެމިނިސްޓްރީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިއްޔެ ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލުމަކީ ނާތަހުޒީބު، ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މިއީ އިސްލާމްދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް އަނިޔާވެރިކަމަށް ގޮވާލައި، މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ހިންގި އަމަލެއް ކަމަށް އެ ބަޔާނުގައި ވަނީ ސިފަކޮށްފައެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ޔޯގާ ހަރަކާތް ހުއްޓުވުމަށް ހިންގި ހަރަކާތަކީ، ސިޔާސީ މަންފާއަށް ބަޔަކު ރާވައިގެން ހިންގި ހަރަކާތެކެވެ. އަދި އެފަރާތްތަކުން ދަނީ، ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން ކަމަށް ވަނީ ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ދީނީ ކަންތައްތަކާ ބެހޭ އެންމެ މަތީ އިދާރާއިން ޔޯގާ ދިފާއުކޮށް މިފަދައިން ބަޔާން ނެރެފައިވީނަމަވެސް، ރާއްޖެއާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އިލްމުވެރިން ވަނީ، ޔޯގާއަކީ ޝިރުކު އެކުލެވޭ އަމަލެއް ކަމަށް ބުނެ އެކަމަކީ ހަރާމް ކަމެއް ކަމަށް ފަތުވާ ދީފައެވެ. އެހެން ނަމަވެސް އިސްލާމިކް މިނިސްޓްރީއިން މިވަނީ މިފަދަ ޝިރުކެއް ހުއްޓުވުން ކުށްވެރިކޮށް އެކަން ކުރުމަށް ހިތްވަރުދީފައެވެ.
މިނިސްޓަރ އިސްތިޢުފާ ދިނުން މިހާރު ރަގަޅުވާނެ.ޕަޕަޑެއްގެ ގޮތުގައި ސަރުކާރުންބޭނުން ކުރަމުންއެދަނީ މިނިސްޓަރ
ހިންދޫން ރުއްސަން ޖެހޭނެ ކޮންމެ ހާލެއްގަވެސް
އޭއި ޝިރުކަށް ތާއިދުކުރާ އަހައްމަދާ އަހަމެން ކަލެއަށް އިސްލާމިކު މިނިސްޓަރޭ ކިޔަން ލަދުގެންފި އިސްލާމް ދީން ހުއްދަނުކުރާ ކަމެއްހުއްޓުވުމަށް ޓަކާ ދީންހަތިޔާރަކަށް ވެސް ހެދިދާނެ ކަލެއަށް އެވަރުނޭގޭ ހިދު ކަލެއަށް އިސްލާމިކު މިނިސްޓަރުގެ މަގާއަށް ކުފޫ ހަމނުވެއެއް ނޫން އިސްލާމުން އދީންމަނާކުރާކަންތަށް ހުއްޓުމަށް ޓަކާ މަސައްކަތް ކުރުމަކީ ސިޔާސީއެއް ނޫން އެގިއްޖެތަ ވާނުވާ
އިރާދަ ކުރެއްވިއްޔާ މީނާއަށް މިކަމުގެ ފުރިހަ ޖަޒާ މިދުނިޔެމަތީ ފިސާރި އަބަހަށް ފެނިގެން ހިނގައިފާނެ. އިސްލާމިކް މިނިސްޓަރައް ހުރެ ޝިރުކުކުރަން ހޮވާލާ މީހަކަށް އެކަލާނގެ ކޯފާ އަވަސް ވާނެ. އާމީން. މީސްތަކުން މީނާއާ ދުރުހެލިވޭ. އެކަނލާގެ ކޯފާއަންނަހިނދު އޭގެން ސަލާމަތެއް ނުވާމެ. މިއީ އަމިއްލަ ނަފްސު މާއްދިއްޔަތައް ވިއްކައިގެން ތިބިބައެއް
މިނިސްޓަރގެ ޑރ ހުއްދަ ބާތިލުކޮށް އަދި އިސްތިއުފާއަށްވެސް ގޮވާލަން
Bala kaleymen ekani nooney islamunnakee. Maabodah dheenee vegen ulhenee ppm angaahaa gothakah fathuvaa dhee gen