ޚަބަރު

އާސްކް ސްޕީކަރ ގެ ފަސްވަނަ ޕްރޮގްރާމް ބޭއްވުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހާއި ބެހޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދިނުމުގެ ގޮތުން ރައްޔިތުންގެ މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށްގެންދަވާ ”އާސްކް ސްޕީކަރ” ގެ ފަސްވަނަ ފްރޮގްރާމް ބޭއްވުމަށް ނިންމަވައިފިއެވެ.

މިކަން ހާމަކޮށް ރައްޔިތުންގެ މަޖްލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ”އާސްކް ސްޕީކަރ“ ގެ 5 ވަނަ ފްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުގެރޭ 09:00 ގައި ޕީއެސްއެމް ސްޓޫޑިއޯގައި ކަމަށެވެ. އަދި މި ޕްރޮގްރާމް ދިވެހިރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުންނާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ލައިވް ކުރާނެކަމަށް ބަޔާނުގައި ވެއެވެ.

މީގެ އިތުރުން އެބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕްރޮގްރާމަށް ސުވާލު ފޮނުވުމަށްޓަކައ، ވީޑިއޯ ނުވަތަ މެސެޖުގެ މެދުވެރިކޮށް ސުވާލު ފޮނުވޭނެއެވެ. އެގޮތުން ސުވާލު ކުރަން އެދޭ ފަރާތްތަކުން 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 02:00 ގެ ކުރިން މަޖްލީހުގެ މީޑިއާ އިދާރާގެ ހޮޓްލައިން 7234566 އަށް ސުވާލު ފޮނުވުމަށް ވަނީ އެދިފައެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ފޮނުވަން ބޭނުންވާ ފަރާތްތަކުން ސުވާލު ޕޯސްޓް ކުރާއިރު askspeaker# ބޭނުންކުރުމަށް ވަނީ އެދިފައެވެ.

އާސްކް ސްޕީކަރ ޕްރޮގްރާމަކީ މަޖްލީހުގެ އިދާރާއާއި ބެހޭގޮތުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ޖަވާބުދެއްވުމަށް މަޖްލީހުގެ ރައީސް ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގައި ރައީސް ނަޝީދު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ ލައިވްކޮށެވެ. މީގެ ކުރިން މަޖްލީހުގެ އިދާރާއިން ވަނީ މީގެ ހަތަރު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ޕްރޮގްރާމުތަކަށް ދަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button