ޚަބަރު

ބިސްމި ކިޔާ ރާ ބޮއިފަ އަލްހަމްދު ކިޔުމަކުން ހަލާލެއް ނުވޭ

ބިސްމި ކިޔާ ރާ ބޮއިފަ އަލްހަމްދު ކިޔުމަކުން ހަލާލެއް ނުވާނެ ކަމަށް ވިދާޅުވެ ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ރައްދު ދެއްވައިފިއެވެ.
އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ބޭއްވި ސެޝަންގެ ތެރެއަށް ބަޔަކު ވަދެ ހުއްޓުވުމާ ގުޅިގެން އެއީ ދީނީ ކަމެއް ނޫން ކަމަށާއި، ސިޔާސީ ކަމެއްގް ގޮތުގައި ސިފަ ކުރައްވައި މިނިސްޓަރު މަހުލޫފު ވިދާޅުވީ ޔޯގާ އަކީ ކަސްރަތެއް ކަމަށާއި، އެކަން ފެށީވެސް ފަތިސް ނަމާދަށްފަހު ބިސްމީގެ ބަރަކާތުން ކަމުގައެވެ.
މިކަމަށް އިޝާރާތް ކުރައްވައި މުހައްމަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ބިސްމިނުގެ ބަރަކާތުން ފެށި ނަމަވެސް، ސަލަވާތް ފާތިހާ ކިޔަވާފަ، ރޯދައެއް ހިފާފަ، ނަމާދުކޮށް ގުރުއާން ކިޔަވައިގެން ވިއަސް ދީނަށް އުރެދިއްޖެ ނަމަ އެވާނީ ގޯހަކަށް ކަމުގައެވެ.
”އިރު ކަލާނގެއަށް އަޅުކަން ކުރަން ކުރާ ހަރަކާތްތައް ނަމާދު ކޮށްގެން ގުރުއާން ކިޔެވިއެއްކަމަކު ހުއްދައެއް ނުވާނެ. ވާނީ ޝަރީކު ކުރީ ކަމަށް އިއްޔެ ކުރިއަސް މިއަދު ކުރިއަސް ގޯސް ވާނީ ގޯހަށް.“ މުހައްމަދު ވިދާޅުވިއެވެ.
މުހައްމަދު މިފަދައިން ވިދާޅުވިއިރު، ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ފެށީ ކުރީ ސަރުކާރުން ކަމުގައި މިނިސްޓަރ މަހުލޫފު މިއަދު ހެނދުނު ”ބޮންތި“ އަށް ދެއްވި އިންޓަވިއުގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން އޭރުގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ފަތިހު އެތައް ބަޔަކާ އެކީގަ އެކަންކަން ކުރި މަންޒަރު ފެންނަން އެބަހުރިކަން މަހުލޫފު ފާހަގަކުރެއްވިއެވެ. އަދި ކުއްލިޔަކަށް މިއަދު އެކަން ގޯސްވުމުން މަހުލޫފު އިދިކޮޅު ޕީޕީއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

2 Comments

  1. މުހައްމަދު އިސްމާލް ކާރީ އަހާދީބަ ކަލޭ ގެންގުޅުނީ ހަލާލު ފައިސާތޯ މިހާރުވެސް ތިކަނީ އެފައިސާތޯ

  2. ބިސްމިކިޔާފަ މުޖުތަމައުގެ ހަމަޖެހުން ގެއްލުވާލާ ތަން ހަލަބޮލިކޮއްލީމަ ހަލާލެެއް ނުވާނެ… މުހަންމަދާ ސިޔާސީ ކަންކަން ދޫކޮއް ދީނީ ކަންކަން ކުރަން ފަށަންވީނު…

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button