ޚަބަރު

ފީޕީއެމާ ގުޅުވައި ފުލުހުން ބަޔާނެއް ނެރެން އުޅޭކަން އިންޑިއާގެ މީޑިއާތަކަށް ކުރިން އެނގޭ!

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އަދި ޔޫތު މިނިސްޓްރީ އިން މިއަދު ހެނދުނު ކުރިއަށްގެންދިޔަ ޔޯގާ ޑޭ ހަރަކާތް ޒުވާނުން ނުކުމެ ހުއްޓުވުމާއި ގުޅިގެން ޕީޕީއެމް އާއިދެކޮޅަށް ފުލުހުން ބަޔާނެއް ނެރެން އުޅޭ ކަމަށް އިންޑިއާގެ “ވައިއޮން” މަޖައްލާއިން ރިޕޯޓުކޮށްފިއެވެ.

އެމަޖައްލާއިން މިކަމާ ބެހޭގޮތުން ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފަައިވަނީ ކުޑަވަގުތު ކޮޅެއް ތެރޭގައި ފުލުހުން ބަޔާނެއް ނެރޭނެ ކަމަށް ބެލެވޭ ކަމަށާއި، މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއް އަދި ހާމަކޮށްފައިނުވާ ނަމަވެސް، އެ މަޖައްލާއަށް މައުލޫމާތު ލިބޭ ގޮތުގައި ބަޔާން ނެރޭނީ ޕީޕީއެމް އާއި ދެކޮޅަށެވެ.

މީގެ އިތުރުން އެ ލިޔުމުގަައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މިއަދު ހިބގާ ދިޔަ ހާދިސާގެ އަޑީގައި ތިބި ކަމަށް ބެލެވެނީ ރައީސް ޔާމީން އާއި ޕީޕީއެމްއެވެ. ސަބަބެއް ކަމަށް ބުނެފަަައިވަނީ އިންޑިއާ އައުޓް ހަރަކާތުގެ މޭސްތިރިއަކީ ރައީސް ޔާމީނަށްވެފައި، އެހަރަކާތް ކުރިއަށްގެންދަނީ އެމަނިކުފާނުގެ ޕާޓީ ޕީޕީއެމް އިން ކަމަށްވާތީއެވެ.

މިއަދު ހިނގައިދިޔަ ހާދިސާ އާއި ޕީޕީއެމްއާއި ގުޅުވުމަށް މީސްމީޑިއާގައި ފޮޓޯތަކެއްވެސް ދަނީ އާންމުކުރަމުންނެވެ.

ބެލެވޭ ގޮތުގައި ޕީޕީއެމްއާއި ދެކޮޅަށް ފުލުހުން ބަޔާން ނެރުމަށް ތައްޔާރުވަނީ އިންޑިއާގެ ޕްޝަރަށެވެ. އަދި “ވައިއޮން” މަޖައްލާއަށް މިހަބަރު ލިބިފައިވަނީވެސް މިސަބަބަށް ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ.

One Comment

  1. ޕީ،ޕީ،އެމް އޮފީސްތެރެެއިން ދިދަތައް ނެރެނިކޮއް ތިކަންހިނގުމުގެކުރިން ވަނީ ފެނިފަ.. ދެން ކަމެއްހިނގީމަ ބަޔާނެއް ނެރޭނީ ޕީ،ޕީ،އެމް އާ ދެކޮޅައްކަން އިނގޭނެ އެވަރުވީމަ.. މީ 2014 އިން ފެށިގެން ކުރަމުން އަންނަ ކަމެއް.. މިސަރުކާރުވީމަ ގޯސް.. ޕީ،ޕީ،އެމް އިން ބޯދަމައިގަންނަން އުޅުނަސް މިފަހަރު ނެތް ސަލާމެއް.. ސައުދީގަ ހަލާލު މިތާ ހަރާން…

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button