ޚަބަރުސިޔާސީ

އެޑިއުކޭޝަން މިނިސްޓަރު ދިވެހި ބަހުގެ ރެމީޑިއަލް ކުލާހަށް ފޮނުވަން ވެއްޖެ

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިދިޔަ 29 ސެޕްޓެމްބަރ 2022 ވަނަ ދުވަހު މަދަރުސާތުގެ ޕްރިންސިޕަލުންނާއި އިސްވެރިންނަށް ނިސްބަތްކޮށް ލިޔެފައިވާ ސިޓީ އެއްގައި ދިވެހި ބަހުގެ ޤަވާޢިދުތަކާއި އުޞޫލުތަކާއި ހަމަތަކުގައި މައްސަލަހުރިކަން އެނގިއްޖެއެވެ.

މި ސިޓީގައި  ދަރަޖާއިގެ މައްސަލަ ހުރިކަމާއި ސުކުން ކުރެވޭ އަކުރުތަކާއި ބަސްމަގު ވެސް ހަމަ ނުޖެހޭކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ޚާދިމުކުމް އެއީ ފިރިހެން ޖިންސުގެ ބޭފުޅުންނަށް ބޭނުންކުރާ ލަފްޒެއް ކަމާއި، މި ސިޓީގައި އެ ލަފްޒު މިނިސްޓަރ އައިޝަތު ޢަލީ އަށް ބޭނުންކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ދަޢުލަތުގެ ވުޒާރާއަކުން ނެރޭ ރަސްމީ ލިޔުމެއްގައި، އަދި ޙާއްޞަކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނެރޭ ރަސްމީ ލިޔުމެއްގައި މި ފެންވަރަށް ދިއުމަކީ ލަދުވެތި ކަމެކެވެ. މި ކަންކަން ރަނގަޅު ކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމުގައި ދެކެމެވެ.

8 Comments

  1. ތިޔަ ގޮވަނީ ގުދޯ ގުދޯ. ތިޔަ ނޫސް ތަކުގެ ފެންވަރާއި ޙާލަތު ތިއަށްވުރެ ގޯސް. ނޫސްވެރިން ތިބުނާ ކުލާހުން ކިޔަވައި ގެން ނޫހަށް ލިޔަމުން ދިއުން ބުއްދި ވެރި.

  2. ބަހުގެ އެކެޑަމީ އިންވެސް ކޮށްފަ ހުރީ ތިޔަކަހަލަ ކަންކަން ހިނގާރަށް ދުވާރު…ރީއްޗަށް ސަޅި……..ހަތްދުވަހަކީ އެއްޗެއް ކަމަށް..ނިޔާ ކަނޑަ އެޅުން ނިޔައު ވުމަށް ބަދަލު ކުރުން …ހަމަ ކުލާސްތަކަށް ފޮނުވަންވީ….

  3. މިފަދަ ލިއުންވުން ތަކައް ހިއްވަރުދެއްވަމުން ދަންނަވާލަންޖެހެނީ ވަރައް ގިނަފަހަރު ނޫސްވެރިން ލިއުއްވާފައިވާ ބައެއް ލިއުއްވުން ތަކުގާ ކުއްބަސްތައް ގިނަކަން ފާހަގަ ކުރެވިފައިވާކަމުގައެވެ ވީމާ ލިއުއްވާއިރު ބަސްމަގުވެސް ހަފޮޅުން އެތެރެ ކޮއްގެން ލިއުއްވުންއެދެމެވެ

  4. އޮފީސްތަކުގެ މުވައްޒަފުންނަށް ސިވިލްސާވިސްއިން ވެސް ދިވެހިބަހުގެ ޓްރޭނިން މިހާރުވެސް ހިންގާ. އަސްލު ޓްރޭނިން ދޭންވީ އިސް މަޤާމްތަކުގައި ތިއްބަވާބޭފުޅުންނަށް. އާދައިގެ މުވައްޒަފު ލިޔެގެން ދާއިރަށް ބަދަލު ކޮށްލާނެ ގިނަފަހަރު. ތީގައި ވެސް ކުއްވެރިވާނީ ލިއުނު މުވައްޒަފު. ވެރިން ސޮއި ކުރައްވާއިރު ސިޓީއަށް ބެއްލެވުމެއްވެސް ނޯވޭ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button