ޚަބަރުސިޔާސީ

ރޭވުމެއްގެ ތެރެއިން ދިވެހިން އިސްލާމް ދީނާ ދުރުކުރުމުގެ މަސައްކަތް ދަނީ ހިނގަމުން: ވައްޑެ

ރޭވުމެއްގެ ތެރެއިން ދިވެހިން އިސްލާމް ދީނާ ދުރުކުރުމުގެ މަސައްކަތް ހިނަގަމުންދާ ކަމުގައި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ލާދީނީ ކަންކަން އާންމުވަމުން ދާ ދަނޑިވަޅެއްގައި ވައްޑެ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ދަރީންނަށް މިފަދަ ދުވަސްތަކެއް ފެންނަން ނުވަތަ ދައްކަން ބޭނުން ނުވާ ކަމުގައެވެ. ރޭވުމަކުން ދިވެހިން އިސްލާމް ދީނާއި ދުރުކޮށް އިސްލާމް ދީން ދެކެ ފޫހި ކޮށްލުވަން ތޯ ސުވާލު އުފައްދަވައި އޭނާ ވިދާޅުވީ އަބަދުވެސް އަޑު އިވެނީ ކޮންމެވެސް ޖަމިއްޔާއަކުން އިސްލާމް ދީނާއި ފުށުއަރާ ވާހަކަތަކެއްގެ ފަތުރަމުންދާ ވާހަކަތައް ކަމުގައެވެ. އިސްލާމްދީން ދެކެ ރުޅިއަރާ ބަޔަކަށް ގައުމުގެ ހިންގުން ހަވާލު ކުރިކަމަށް ދޭހަވާ ފަދަ ވާހަކަ ތަކާއި، އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހުކުމްތަކަށް ދައުލަތުގެ އެންމެ މަތީ ފަންތިން ނޫނެކޭ ބުނާކަމަށާއި، ފުލުހަކު ބަނގުރާ ކޭސްތަކެއް ހިފައިގެން ފިލިވާހަކަ އާއި، ސިފައިންގެ 3 މީހަކު ބަނގުރާ ބޯން ތިއްބާ ފަޅާއެރި ވާހަކަ އަޑު އިވިފައިވާކަން ވައްޑެ ފާހަގަކުރެއްވިއެވެ.
”އަނބިގޮއްޔެ ރާފޮދެއް ހިއްޕަވައިގެން ނައްޓުވާތަން ބަލަން ޕޮލިސްވެރި މީހާ ހުރި ވާހަކަ. ރައީސް އޮފީސް ތެރޭގައި ކޮކެއިން ބޮއި ހަދާވާހަކަ. ވެރި މީހާ ހެނދުނު މޯނިން ކަނޑާލަނީ ރާފޮދަކުން ކަމަށް ބުނާ ވާހަކަ. ދިވެހި ޝޭހުންގެ ތާޖުގައި ތިބީ އެހެން ދީނެއްގެ ޝޭހުންތޯ ސުވާލު އުފެދޭ. އެ ޝޭހުންނަށް އެމްޑީއެން، އުތެމާ، ކުއިލިއަމް، ފަދަ މީހުން ހިންގާކަންކަން ނުފެންނަނީ ތޯ. ނޫނީ ބަލަންވެސް ބޭނުން ނުވަނީ ތޯ. އެއް ޖިއްސުން ގުޅުން ހިންގުމާއި، ތަފާތު ދީންތަކުގެ ޝިޔާރުތައް ފާޅު ކުރާތަންވެސް ހަމަ ނުފެންނަނީ ތޯ.“ ވައްޑެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގައުމުގެ ވެރިން އިސްލާމް ދީނުގެ ދިފާއުގައި ކުރަންޖެހޭ މަސައްކަތް ކުރޭތޯ ސުވާލު އުފައްދަވާފައެވެ. އެނޫނީ އެމީހުންވެސް ތިބީ ރާއްޖެ އެކި ދީންތަކަށް ހުޅުވާލަން ފޫގަޅައިގެން ތޯވެސް ސުވާލު އުފެއްދެވިއެވެ.

2 Comments

  1. މީގެ800 އަހަރު ކުރިންވެސް މިތާއޮތީ އިސްލާމްދީން މިތާ ބަޔަކު ނޫޅޭ އެހެން ދީންތައް ފަތުރާކަށް ތިއުޅެނީ ރިޔާސީ އިންތިހާބަށް ކޮންމެ ފަހަރަކުވެސް ދީނާ ކުޅެން ފާށާނެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button