ޚަބަރުސިޔާސީ

މަސްތުގައި ތިއްބާ ދުޝްމަނުން ގައުމު ޖަހައިގަނެފި: މާއިލް

 

ރައްޔިތުންގެ ތެރެއިން ބަޔަކު މަސްތުކުރުވާފައި، މަސްތުގައި ތިއްބާ ދުޝްމަނުން ގައުމު ޖަހައިގަނެފި ކަމުގައި ޕީޕީއެމްގެ ކައުންސިލް މެންބަރު ހަސަން މާއިލް އަލީ ވިދާޅުވެއްޖެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އަޑު އުފުލާ އަދި އިސްލާމް ދީން ނޫން އެހެން ދީނެއް ރާއްޖޭގައި އޮވެގެން ނުވާނެ ކަމަށް މީސް މީޑިއާގައި ވަކާލަތު ކުރަމުން އަންނަ އެއް ބޭފުޅެއް ކަމުގައިވާ މާއިލް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މަސްތުވަނީ ކޮންމެ ފަހަރަކު މަސްތުވާ އެއްޗެއް ބޮއިކައިގެން ނޫން ކަމަށާއި، އިންސާނާގެ އަމިއްލަ އެދުމާއި ދަހިވެތިކަމުންވާ މަސްތަކީވެސް މަސްތެއް ކަމުގައެވެ.

”ކުޑަމިނުން އިސްލާމް ދީނާއި ދިވެހި ގައުމުގެ މިނިވަންކަާއި އިސްތިހުލާލުގެ ވާހަކަ ބުނެލެވެން ވާނެ. ގައުމުގެ ކަންކަން ނިންމަން ﷲ އަށް ވައުދުވެގެން ތިބި މީހުން އަބަދު މަސްތުގައި ޖެހިފައި ތިބޭނަމަ ގައުމު ވީރާނާވެ ރައްޔިތުން ނިކަމެތިވާނެ.“ މާއިލް ވިދާޅުވިއެވެ.

އެއް އުންމަތެއްގެ ގޮތުގައި އަދި އެއްބައެއްގެ ގޮތުގައި ތިބި ދިވެހިންގެ ތެރޭ ފަސާދަ އުފެއްދުމާއި، ބައިބައި ކުރުވައި، ލާދީނިއްޔަތު ކުރިއަރުވަން މަސައްކަތް ކުރަނީ އެމްޑީޕީއިން ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެ ޕާޓީ ވެރިކަމަށް އަންނަ ކޮންމެފަހަރަކު އެފަދަ ކަންކަން އާންމުވުމަކީ އިއްތިފާގެއް ނޫންކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

3 Comments

  1. ކޮމެންޓް ވެސް ނުޖެހި .. ތީވާވަރު

    އޭނަ ފޭސް ބުކް ތިހެން ބުނި ޕޯސްޓައް 4 ލައިކް ވީމަ އިގޭނެ ތީ ހަމަ ސީކޮޅެއްކަން . އެވެސް އަންހެނުންނާ ދެ ރައްޓެއްސެއް 😅🤣🤣🤣

Leave a Reply to Kureege friend Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button