ޚަބަރު

ސިނަމާލެ ބްރިޖް މަތިން ލޮރީއެއް ފުރާ މީހުން އަރުވައިގެން ދަތުރުކުރަނީ!

ސިނަމާލެ ބުރިޖު މަތިން ނަންބަރު ބޯޑު ނެތް 25 ޓަނުގެ ޑަންޕު ލޮރީއެއް ފުރާ މީހުން އަރުވައިގެން ދަތުރުކުރަމުންދާތަން ފެންނަ ވީޑިއޯ އާންމު ވެއްޖެއެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި ދޮންކުލައިގެ މި ލޮރީ ދަތުރުކުރަމުންދިޔައީ ބުރިޖު މަތިން ހައިވޭ އާއި ދިމާލަށެވެ. އަދި ލޮރީގެ ފަހަތުގައި ދިހަވަރަކަށް މީހުން ތިއްބެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ލޮރީއަކީ މޯހަން މުތާ އެކްސްޕޯޓު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ ލޮރީއެކެވެ. އަދި މި ލޮރީގައި އުފުލަމުން ދިޔައީ އިންޑިއާ އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންތަކެކެވެ.

ސިނަމާލެ ބްރިޖްމަތިންނާއި، ބްރިޖާއި ގުޅިފައިވާ ހައިވޭމަތިން ޕިކަޕް ެައަދި ލޮރީގެ ފަހަތަށް މީހުން އަރުވައިގެން ދުއްވުމަކީ މަނާކަމެކެވެ. ހަމަ އެހެންމެ ނަންބަރު ބޯޑު ނެތި އެއްވެސް އުޅަންދެއް ދުއްވުމަކީ ގާނޫނީ ކުށެކެވެ.

One Comment

  1. ނަންބަރު ބޯޑުނެތި ދުއްވެންވީ ކީއްވެ
    އިންޑިއާ މީހުންނަށް ކިންމެކަމެއްވެސް މިތާ ހއްދަ
    އައްޑޫގަ އުޅޭ އިންޑިއާ މީހުންދުއްވާ އެއްވެސް އުޅަނދެއްގަވެސް ނަންބަރު ބޯޑެއް ނީނދޭ
    އެމީހުންނަށް ހުއްދަ

Leave a Reply

Your email address will not be published. Required fields are marked *

Back to top button