
ޔޯގާ އާއި ދެކޮޅަށް ނިކުތް މީހުނަށް ފިޔަވަޅު އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމުން އެމްޑީޕީއިން މަރުހަބާ ކިޔައިފިއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ސެޝަންގެ ތެރެއަށް އާންމުންގެ ބަޔަކު ވަދެ، އެކަން ހުއްޓުވުމާ ގުޅިގެން އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައެވެ.
”މިއީ އަމާން ޑިމޮކްރަޓިކް މުޖުތަމައެއްގައި ކޮށްގެން ނުވާ ޒާތުގެ ނުރައްކާތެރި އަމަލެއް.“ އެމްޑީޕީއިން ބުންޏެވެ.
އެ އަަމަލު ހިންގި މީހުން ހިފާ ހައްޔަރުކޮށް ސީރިއަސް ތަހުގީގުތަކެއް ހިންގަން ޖެހޭ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.