ޚަބަރުސިޔާސީ

ސަރުކާރުގެ ”ބޮޑު ބަދިގެ“ ޕޮލިސް ސްޓޭޝަނެއްގައި!

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ދައުލަތުގެ ވަޒީރުން ޕޮލިސް ސްޓޭޝަނެއް ތެރޭގައި ބޮޑު ”ކޭމެއް“ ބާއްވައިފިއެވެ.

މި ކެއުން ކުރިޔަށް ގެންގޮސްފައޮވަނީ އުކުޅަހު ޕޮލިސް ސްޓޭޝަން ތެރޭގައި ކަން ރަސްމީކޮށް ފުލުހުންގެ މީޑިއާއިން ޖަވާބު ނުދިން ކަމުގައި ވިޔަސް، އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް މިކަން ވަނީ ކަށަވަރު ވެފައެވެ.

ސީޕީ ހަމީދުގެ އިތުރުން މާލީ ވަޒީރު އިބްރާހީމް އަމީރު އާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް ކަމަށް ބެލެވޭ ބޭފުޅެއްގެ އިތުރުން ސްޓޭޝަންގެ އިސް ބޭފުޅުން ވަނީ މި ކެއުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު މަސައްކަތް ކުރަން ޖެހޭ ތަނަކަށް ވާއިރު، ދައުލަތުގެ މަތީ ފެންވަރުގެ ބޭފުޅުންނަށް ފަރުމަހުގެ ގަރުދިޔަ ފުލުހުންގެ ފަރާތުން ތައްޔާރުކޮށް ކާން ދިނީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެއެވެ.

ދައުލަތުގެ ވަޒީރުންނާއި އިސް ބޭފުޅުންގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުކުޅަހަށް ވަޑައިގެންނެވީ ކައުންސިލްތަކަށް އަމާޒުކޮށްގެން ކުރިޔަށް ދިޔަ ވިޔަވަތި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިމަހުގެ 27 ވަނަ ދުވަހުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button