ޚަބަރު

ލަންކާގެ ރައީސް ރާއްޖެ ގެނައުން ކުށްވެރިކުރަން: ޕީޕީއެމް

ލަންކާގެ ރައީސް ގޮތަބަޔާ ފިއްލަވައިގެން ދިވެހި އަސްކަރިއްޔާގެ ހުއްދައާއެކު ރާއްޖެ ގެނައުން ޕީޕީއެމްއިން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އެޕާޓީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސްރީލަންކާގެ ރައީސް ގޮތަބަޔާ ފިއްލަވައިގެން ދިވެހި ސަރުކާރާއި އަސްކަރިއްޔާގެ ހިމާޔަތުގައި ރާއްޖެ ގެނައުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށާއި، މިކަމަކީ ދިވެހި ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫންކަމަށެވެ. އަދި މިކަމަށް ދެއްވާފައިވާ އެއްބާރުލުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލް ދިވެހި ރައްޔިތުންނަށް ޖަވަބުދާރީވުމަށްވެސް މިބަޔާނުގައި ވަނީ ގޮވާލާފައެވެ.

ހަމައެހެންމެ، މިޖަރީމާ ހިންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގުޅިގެންކަން ވަރަށް ފާޅުކަން ބޮޑުކޮށް އެނގެން އެބައޮތްކަމަށާއި، މިކަމުގެ ޙަޤީޤަތް ހާމަކޮށްދެއްވައި، ދިވެހި އަދި ލަންކާ ރައްޔިތުންނަށް ފޮރިން މިނިސްޓަރ ޝާހިދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޖަވާބުދާރީވުމަށް އެޕާޓީއިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން މިކަމުގެ ސަބަބުން ލަންކާގައި ދިރިއުޅޭ އެތައް ހާސް ދިވެހިން ނުރައްކަލަށް ހުށަހެޅިގެން ދިޔުމުގެ ޒިންމާ ދިވެހި ސަރުކާރުން ނަންގަވައި، ލަންކާގައި ތިބި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަވަސް ފިޔަވަޅުތައް އެޅުއްވުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button