ޚަބަރުސިޔާސީ

އިންޑިއާގެ އަސްލު އެޖެންޑާ އެނގޭނަމަ، ރައީސް ޔާމީން ވެރިކަމަށް ގެންނަން ދެކޮޅެއް ނަހަދާނެ: ޚާލިދު

އިންޑިއާގެ އަސްލު އެޖެންޑާ އެނގޭނަމަ، އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެރިކަމަށް ގެންނަން ދެކޮޅު ހަދާނެ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ ކަމުގައި ޕީޕީއެމްގެ ކައުންސިލް މެންބަރު ޚާލިދު އަބްދުﷲ އަލީ ވިދާޅުވެެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ.

ޚާލިދު ވިދާޅުވިގޮތުގައި ވެރިކަމަށްވުރެ، ޕާޓީއަކަށްވުރެ އަދި އަމިއްލަ ޖާހަތަށް ވުރެ ގައުމު އިސްކުރަން ޖެހެއެވެ. އޭނާ ފާހަގަކުރެެއްވިގޮތުގައި އިންޑިއާގެ ދަށުވުމަށްވުރެ ގައުމު ރައްޔިތުން ހޯދަން ބޭނުންވާނަމަ ހަމައެކަނި އޮތް ގޮތަކީ ޔާމީން ވެރިކަމަށް ގެނައުމެވެ.

ޚާލިދު ވިދާޅުވީ މިހާރު އޮތް ހާލަތުން އަރައިގަތުމަށް ޔާމީން ވެރިކަމަށް ގެނައުމަކީ ބޭނުންތެރިކަމެއް ކަމުގައެވެ.

”ރައީސް ޔާމީން ވަރުގެ ގަޓު ރައީސަކު މި ރާއްޖޭގެ ވެރިކަމަށް ގެންނަން ކުފޫ ހަމައެއް ނުވޭ.“ ޚާލިދު ވިދާޅުވިއެވެ.

އޭނާ ހާމަކުރެއްވިގޮތުގައި އިންޑިއާއިން ރާއްޖެއާއި މެދު ގެންގުޅެނީ ފޮރުވިފައިވާ އެޖެންޑާއެކެވެ. އެކަމުގެ ތަފްސީލް ހޯދަން ”ބޮންތި“ އިން ގުޅާލުމުން ޚާލިދު ވިދާޅުވީ އިންޑިއާއިން ބޭނުންވަނީ ދިވެހިން އެގައުމަށް ބޯ ގުދުކުރަން ކަމަށާއި އެކަމާ ދެކޮޅަށް ކެރިގެން ޖިހާދު ކުރައްވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށާއި، ދެން ތިއްބެވި ލީޑަރުން ހައިދަރު އާބާދީ ބިރިޔާނީ ތަށްޓަކަށް ވިކިފައިވާ ކަމުގައެވެ.

އޭނާ ވިދާޅުވިގޮތުގައި އިންޑިއާ އައުޓު ހަރަކާތް ބާރަށް ހިނގާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button