ޚަބަރު

މަޖިލީހުގައި ތެދުބަހުން ވާހަކަ ދައްކާކަށް ނުޖެހޭ: އީވާ

މަޖްލީހުގެ ގަވާއިދުގައި ތެދުބަހުން ވާހަކަ ދައްކަން ނޯންނަ ކަމަށް މަޖްލީހުގެ ނައިބް ރައީސް އިވާ އަބްދުﷲ އިވާޅުވެއްޖެއެވެ.

އީވާ މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކަތަކަކާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ނިޒާމީ މިައްސަލައެއް ނެންގެވުމަށްފަހު މެންބަރު ޝިޔާމް ކަނޑައެޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނަން ބޭނުން ކުރައްވައިގެން ދޮގު ހަދައިގެން އަބުރު ކަތިލަން މަސައްކަތް ކުރާ ކަމަށް ވިދާޅިވުމުންނެވެ.

ރޮޒޭނާ މިފަދައިން ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ރައީސް ސޯލިޙަށް ދިން ކަމަށް ތުހުމަތު ކުރެވޭ ފައިސާގެ ވާހަކަ ނުދައްކާ ގޮތަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުއެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށް މެންބަރު ޝިޔާމް ވިދާޅުވުމުންނެވެ.

ރޮޒަައިނާ ވިދާޅުވީ ރައީސްގެ އަބުރު ކަލިލުމުގެ ބޭނުމުގައި މަޖިލީހުގައި ނެތް މީހެއްގެ ވާހަކަ ދޮގު ހަދައިގެން ދެއްކުމަކީ މަޖިލިސް ގަވާއިދު ތަން ދޭ ކަމެއް ނޫން ކަމަށެވެ.

މިކަމާ ގުޅިގެން މަޖިލީހުގައި ރިޔާސަތު ބެލެހެއްޓެވި މަޖްލީހުގެ ނައިބް ރައީސް އީވާ ވިދާޅުވީ މެންބަރުން މަޖިލީހުގައި ވާހަކަ ދައްކަން ޖެހޭނީ ތެދު ބަހުން ކަމަށް މަޖިލީހުގައި ގަވާއިދުގައި ބަޔާންކޮށްފައި ނޯންނާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަޖްލީހުގެ ރައީސް އާއި ނައިބްރައީސް ގެންދަވަނީ ރައްޔިތުންގެ މަޖްލީހުގެ އެމްޑީޕީ މެންބަރުންގެ ތެރެއިން ރައީސް ސާލިޙް ފެކްޝަނުގެ މެންބަރުންނަށް މަޖްލީހުގެ ތެޅުމުގައި ޖެއްސުމުގެ މޭރުމުން ބައެއް ކަންކަން ކުރެއްވަމުންނެވެ. އެގޮތުން ރައީސް ސާލިޙް ފެކްޝަންގެ މެންބަރުން ވާހަކަ ދައްކަވާއިރު، ވަގުތު ޖެހުމުގެ ކުރިން ހުއްޓުވާލުމާއި އަދި ހަނދާނުން ކައްސާލީ ކަމަށް ވިދާޅުވެ ފުރުސަތު ނެދެއްވާ ފަހަރުވެސް ދެއެވެ.

8 Comments

  1. Majileehugaithibenee muslimunneh noontha e eemuslimunkamugaivaanama vaahakadhakkanjeheyneethedhubahun Allaah vaheekuravvanee xhoguhadhaakankashavareebaavailevvi Aayahthakah ieemaannuvaameehunneve

  2. Majileehuga hadhaa dhoguthah fothuga nuliyuvvaaane kamah Eeva dhauvaa kuranytha? Dhen maadhamaa ehen meehaku Majileehuga bunefaaane dho Eeva hashivikkaaa vaahaka. Hahahah

  3. Eevaa aky raajje ah masthuvaaa thakethi etherekoh eyge viyafaari fulhaaa dhaairaaagai kurumah fund kuraaa meehekey Majileehuga bunefuyyaaa dhen Eevaaa bunaaneee Keeley baaa

  4. ﴿105﴾ إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّهِ ۖ وَأُولَٰئِكَ هُمُ الْكَاذِبُونَ
    ދޮގުހަދާކަން ކަށަވަރީ، اللَّه ގެ آية ތަަކަށް إيمان ނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ، ދޮގުވެރިންނެވެ.
    [ އަންނަޙްލް 105 ވަނަ އާޔަތް ]
    #Tharujamaa

  5. އީވާއަކީދޮގުހަދާމަކަރުވެރިލުއްޗާނުބާނުލަފާލާދީނީއަންހެނުނައއްހުތުރުއަރުވާމީހެއް

  6. Thedhu bahun vaahaka dhahkaan jeheyne kamakah qawaaidhaku noannaanethaa dhoguverin qawaaidhu hadhan thibey majileehehgai. Saabithu nuhifey dhogu vaahakathah dhahkaairuves izzaiytherin .kamugai buneveythee hini annanee.

Leave a Reply to Mohamed shareef Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button