ޒިޔަަތުގެ ލެޕްޓޮޕުން ރައީސް ސޯލިހާއި އާޒިމަށް އެމްއެމްޕީއާރުސީގެ ފައިސާ ދީފައިވާކަމުގެ ހެކި؟
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ވ. އާރަށުގެ މައްސަލައާއި ގުޅިގެން އުފުލާފައިވާ މަނީލޯންޑަރިންގެ ދަޢުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދަޢުވާގެ އެންމެފަހު އަޑުއެހުމުގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕުން ނަގާފައިވާ ޑޭޓާގައި ރައީސް އިބްރާހީމް މުހައްމަދު ސާލިޙާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމަށް އެމްއެމްޕީއާރުސީގެ ފައިސާ ދީފައިވާކަމަށް ބެލެވޭ މުއާމަލާތްތަކެއް ހުރިކަން ހާމަވެއްޖެއެވެ.
އެގޮތުން މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ހެކީގެ ތެރޭގައި ޒިޔަތުގެ ލެޕްޓޮޕުން ކޮށްފައިވާ ވައިބަރ މެސެޖުތަކުގައި “ސާލިޙް ޑީލް” އެއްގެ ވާހަކަ އާއި އާޒިމަށް 50،000 ޑޮލަރު ދޭން ޖެހޭތޯ ސުވާލުކޮށްފައިވާ މެސެޖުތަކެއް ހުރި ކަމަށް ހެކިވެރިއެއްގެ ގޮތުގައި މިއަދު ހާޒިރުކުރި ފުލުހުންގެ ފޮރެންސިކް ސާވިސްގެ، ޑިޖިޓަލް އެވިޑެންސް ލެބޯޓްރީގައި ޑީޓެއިލް ފޮރެންސިކް އެގްޒެމިނަރަކަށް މަސައްކަތް ކުރައްވާ އިބްރާހިމް ޒުހައިރު ވިދާޅުވިއެވެ.
އެހެން ނަމަވެސް ހެކިވެރިޔާ މި މެސެޖުތަކާ ގުޅޭ އިތުރު ތަފްސީލަކަށް ވަޑައިގެންފައެއް ނުވެއެވެ. އަދި އެއީ ހިނގަމުންދާ މައްސަލައާ ގުޅޭ ކަމަށް ނުވާތީ، އެކަމާ ބެހޭގޮތުން ދައުލަތުންވެސް އަދި ދިފާއުންގެ ފަރާތުންވެސް ސުވާލުކޮށްފައެއް ނުވެއެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ރައީސް ސާލިޙަށް ލިބުނު ކަމުގެ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކައެވެ. އަދި ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަދި ރައީސް ސާލިޙުގެ އަރިސް ބޭފުޅެއް ކަމަށްވާ އަލީ ވަހީދުވެސް ވަނީ ރައީސް ސާލިޙަށް ކަޅުދަބަހެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފައެވެ.
މި މެސެޖުތަކުގައި އިޝާރާތްކުރާ އާޒިމަކީ ބެލެވޭ ގޮތުގައި އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރު އާދަމް އާޒިމެވެ. އެބޭފުޅާއަކީ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންގެ ތެރެއިން އެންމެ ނުފޫޒުގަދަ އެއް އެމްޑީއެވެ. އަދި ރައީސް ސާލިޙްގެ ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތައް ހިންގަނީ އާޒިމްގެ ކުންފުނިންނެވެ. މީގެ އިތުރުން އާޒިމްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުނި ކަމަށްވާ އާރުސީސީއަށް ސަރުކާރުން ގިނަ ޕްރޮޖެކްޓުތަކެއް ދީފައިވެއެެވެ. އެ ކުންފުނި އޯވަސީ ކުރައްވަނީ އާޒިމްގެ ބޭބެ އަދި ރައީސް ސޯލިހުގެ ކޯލިޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ޖުމްހޫރީ ޕާޓީގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމެވެ.
މީގެ ކުރިން ރައީސް ސާލިޙް ނިސްބަތްވާ އެމްޑީޕީއިން ވަނީ އެމަނިކުފާނު އެމްއެމްޕީއާރުސީގެ ފައިސާ ނަންގަވާފައި ނުހުންނާނެ ކަމަށާއި، އެކަމުގެ އެއްވެސް ހެއްކެއްވެސް ނުހޯދޭނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެއް މޭސްތިރި ކަމަށްވާ ޒިޔަތުގެ ލެޕްޓޮޕުން މިހާމަވި މައުލޫމާތަކީ ސުވާލު އުފެދޭފަދަ މައުލޫމާތެކެވެ. މި މެސެޖުގައި މި ބުނާ ޑީލަކީ ކަޅުދަބަސް ޑީލަށްވުންވެސް އެކަށީގެންވެއެވެ. އަދި މި ޑީލަކީ ރައީސް ސާލިހާއި އާޒިމާ ދެމީހުނަށް އެކުއެކީ ހުށައެޅުނު ޑީލަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ތިޔައޮތީ ހެކިފެނިފާ ތިޔަދެމީހުންގެ މައްސަލަ ތަހުގީގީއިދާރާތަކުންބަލާނިންމުމަށްގޮވާލަން
ލާހިކެއްނޫން ކިތައްމެ ވަރަކަށް މައްސަލަ ބެލިޔަސް ސާބިތު ކުރާކަށް..
އާޒިމް ލިސްޓްގަ ނަންއޮތޭ ކިޔާފަ ތެޅިފޮޅިގަތް ވަރުންވެސް ލަފާ ކުރެވުނު ބައި ލިބުނު ކަމަށް . ތިމާއަށް ނުލިބޭ އެއްޗެއް ނަމަ ނުކުރާ ކަމެއްނަމަ ލިސްޓެއްގަ ނަން އޮތަކަސް ހުޅުނބުދާ ވަރަށް ހޭބުއްދި ފިލައިގެން ތެޅި ފޮޅޭކަށް ނުޖެހުނީސްތާ
އެހެން މީހުން ފައްތާލަން އުޚެގެން ޚުދު ތިމާ ފެތިގެން ދަނީ.
The TRUTH shall prevail.
Slowly but surely public will witness the truth .
ކޭބަޔަކު ކައިފިޔޭ ކޭބަޔަކު ހޯދަން އުޅެނީވެސް ކޭބަޔަކު !
ކޮޔޮކޭވަރުއެގޭނީބިތުފަންގިނެގީމާ މީވެސްސުވާލެނޫންތޯ
ރައްޔިތުން މަޖިލިހުގެ މެމްބަރަކަށްވެސް އާޒިމް ކިޔާ؟؟؟؟
ނާޒިމު އަދިވެސް ޖުމްހޫރީތަ? މަހީކުރީ އެސޮރު ޕާޓީއެއް ހަދައިފިކަމަށް. ???