ޚަބަރު
ޕީޕީއެމް ކައުންސިލަށް އައު 17 މެންބަރުން އިންތިހާބުކޮށްފި

ޕީޕީއެމްގެ ކައުންސިލަށް އަލަށް އިތުރުކުރެވުނު 10 ގޮނޑިއާއި، ހުސްވެފައިވާ 12 ހޮޑީގެ އިތުރުން އަންހެންނުންނަށް ހާއްސަ 5 ގޮނޑިއަށް މެންބަރުން އިންތިހާބުކޮށްފިއެވެ.
ޕީޕީއެމުން ރޭ ކުރިއަށް ގެންދިޔަ އެޕާޓީގެ ކައުންސިލް އިންތިހާބުގައި އަންހެނުންގެ ހާއްސަ ފަސް ގޮނޑިއަށް އިންތިހާބުވެފައިވާ ކަނބަލުންނަކީ:
- ޝެރީނާ ޢަބްދުއްޞަމަދު (ޝެރީ)
- ޖަމީލާ އަލީ ޙާލިދު
- ޒީނާޒު އަދުނާނު
- އާމިނަތު ނާސިހާ
- އާމިނަތު ޝިއާނާ (އާނަ)
އަދި ކައުންސިލުގެ 12 ގޮނޑިއަށް އަލަށް ެިންތިހާބުވީ މެންބަރުންނަކީ
- އަބްދު ނާޒިމް އިބްރާހިމް
- ޠާރިޤް އިބްރާހިމް
- މުޙަންމަދު އަމީން (ކެޕްޓަން އަމީން)
- ޑރ. ޖިހާދު
- މުޙަންމަދު އަބްދުލްކަރީމް (ރުކުމާ)
- ޙަމްދާން ޝަކީލް
- އަޙްމަދު އައިފާން
- ޑރ. މުޙަންމަދު ޝާފިޢީ އަބްދުލްމުންނިމް
- އަޙްމަދު މުޙަންމަދު ވަހީދު
- މުޙަންމަދު ވަޖީހު އިބްރާހިމް
- މުޙަންމަދު މަލީޙް ޖަމާލް
- އިބްރާހިމް ރައްޒާން (ޓަކީ)
ޕީޕީއެމްގެ ކައުންސިލަކީ އެޕާޓީގެ އެންމެހާ ކަންކަން ނިންމާ އެންމެ މަތީ ގުނަވަނެވެ. ކައުންސިލުން އަލަށް ހުސްވި ގޮނަޑިތަކަށް ވަނީ 100 އަށްވުރެ ގިނަ ފަރާތްތަކުން ވާދަކޮށްފައެވެ.