ދަރަނބޫދޫ މިސްކިތަކީ އިސްލާމިކް މިނިސްޓްރީއާ ބެހޭ ތަނެއް ނޫން ކަމަށް ބުނެފި
މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިންޑިއާގެ މަސައްކތްތެރިން ދިރިއުޅެމުންދިޔަ ދަރަނބޫދޫގެ މިސްކިތަކީ އިސްލާމިކް މިނިސްޓްރީ އާއި ބެހޭތަނެއް ނޫންކަމަށް އެމިނިސްޓްރީއިން ބުނެފިއެވެ.
މިކަމާ ގުޅިގެން އެމިނިސްޓްރީއިން ނެރުނު ބަޔާނެއްގައިވަނީ، ފ. ދަރަނބޫދޫގައި 2017 ވަނަ އަހަރު ސައުދީ ސަރުކާރުގެ އެހީގައި އަލަށް އިމާރާތްކުރެވުނު މިސްކިތް ހުޅުވުމަށްފަހު، ބައު މިސްކިތް ބަންދުުރެވިފައިވާ ކަމަށެވެ. އަދި އެއަށްފަހު ކައުންސިލުން ބައު މިސްކިތުގައި ގުރުއާން ކުލާހެއް ހިންގަން އެދުމުން، މިސްކިތް ކައުންސިލާ ހަވާލުކޮށްފައިވާކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި، ދަރަނބޫދޫ ކައުންސިލުން އެމިސްކިތުގައި ގުރުއާން ކުލާހެއް ހިންގިކަން މިނިސްޓްރީއަށް އެނގިފައިވެއެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން މިސްކިތް ހުރީ އެރަށު ކައުންސިލުގެ ބެލުމުގެ ދަށުގައި ކަމަށް ބުނެފައިވެއެވެ.
މިއަދު އާންމުވި މި މިސްކިތުގެ ވީޑިއޯއިން ފެންނަ ގޮތުގައި މިސްކިތްތެރޭގައި ވަނީ މީހުން ނިދުމަށް ގޮދަޑިއަޅައި، އާންމު ގެއެއް ގޮތަށް ތައްޔާރުކޮށްފައެވެ. އަދި ވީޑިއޯއިން ސާފުކޮށް އެ މިސްކިތްތެރޭގައި މީހުން ނިދާފައި ތިބިތަނާއި، އަދި ބައެއް މީހުން އިތުރު ކަންކަމުގައި ހަރަކާތްތެރިވާތަން ފެނެއެވެ. ވީޑިއޯ ނެގި ފަރާތުން ބުނާ ގޮތުގައި މިސްކިތުގައި 200 އެއްހައި އިންޑިއާ މީހުން ދިރިއުޅެމުންދެއެވެ.
އެއީ މިހާރު ބޮޑު ގާފުންޏެތް އިތުރަށް ހަމަނުޖެހުން ނުއުފައްދާ އެއީ މިސްކިތެއް ނޫން. ީ
Bala heybalivefatha, e ee allah ge gekolhekey gamaaraa
Islaamik ministar islaam dheenuge ehveskamapkaabeheyba p
Maaiy allah ge gekolhu mee mihaaru gaafunyakah ves hedhee dhw