ދަރަނބޫދޫ މިސްކިތެއްގައި 200 އިންޑިއާ މީހުން ނިދާ ކައިބޮއެ ހަދަނީ!
ފ. ދަރަނބޫދޫ މިސްކިތެއްގައި އިންޑިއާގެ މަސައްކަތްތެރިންތަކެއް ބައިތިއްބަމުންދާކަން ހާމަވެއްޖެއެވެ.
މީސްމީޑިއާގައި އަމިއްލަ ފަރާތަކުން އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މިސްކިތްތެރޭގައި ވަނީ މީހުން ނިދުމަށް ގޮދަޑިއަޅައި، އާންމު ގެއެއް ގޮތަށް ތައްޔާރުކޮށްފައެވެ. އަދި ވީޑިއޯއިން ސާފުކޮށް އެ މިސްކިތްތެރޭގައި މީހުން ނިދާފައި ތިބިތަނާއި، އަދި ބައެއް މީހުން އިތުރު ކަންކަމުގައި ހަރަކާތްތެރިވާތަން ފެނެއެވެ. އަދި މިސްކިތުގެ ގޯތި ތެރޭގައި އެމީހުންގެ އަންނައުނު ހިއްކަން ރޯނުގައި އަޅާފައި ހުރިތަން ފެނެއެވެ.
@MVIaffairs @yumna_maumoon Isthiufaa #indiaout pic.twitter.com/UMYYFBYnLH
— Abbas Adil Riza (@AbbasRiza) June 18, 2022
މައުލޫމާތު ލިބޭ ގޮތުގައި މި މިސްކިތުގައި ދިރިއުޅެމުންދަނީ އިންޑިއާގެ 200 މަސައްކަތްތެރިންނެވެ. މި މީހުނަކީ ކޮން ކުންފުންޏެއްގެ ބައެއް ކަމެއް ސާފެއް ނުވެއެވެ. އެހެން ނަމަވެސް ވީޑިއޯ އާންމު ކުރި ފަރާތުން ވީޑިއޯގައި ބުނާ ގޮތުގައި މިއީ އެރަށުގެ ނަރުދަމާގެ މަސައްކަތް ކުރާ މީހުނެވެ. އަދި މި ވީޑިއޯއިން މިސްކިތުގެ ގޯތި ތެރޭގައި ނަރުދަމާ އެޅުމަށް ބޭނުންކުރާ ހޮޅި އަތުރާފައި ހުރިތަން ފެނެއެވެ.
Dhen fennaany e miskithugai budhu bahattaigen eyah alhukan kuraamanzaru.