ޚަބަރުސިޔާސީ

ލިވާތު ކުރުމާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަދަބު ބޮޑު ކުރަން މެންބަރުން ބޭނުމެއް ނުވި

ލިވާތު ކުރުމާއި، އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކުށުގެ އަދަބު ބޮޑު ކުރަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ބޭރުކޮށްލައިފިއެވެ. 

މި އިސްލާހަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހީ 42 މެމްބަރުންގެ ހާޒިރުގަ އެވެ. އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ. އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް 25 މެމްބަރުން ވޯޓު ދެއްވި އެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ މެންބަރަކު ނެތެވެ.

މި ބިލު ބަލައި ގަންނަން ފެންނަ ކަމަށް ވެސް ވޯޓު ދެއްވީ 13 މެމްބަރެކެވެ. ނުފެންނަ ކަމަށް 23 މެމްބަރުން ވޯޓު ދެއްވި އެވެ. ގާނޫނުލްއަގޫބާތުގެ 114 ވަނަ މާއްދާގައި ވާގޮތުން ކައިވެނި ކޮށްގެން ހުރި މީހަކު އެއްޖިންސުން ގުޅުން ހިންގައިފިނަމަ، އެމީހަކަށް އަންނާނީ ދެ އަހަރަށް ވުރެ ދިގު ނޫން މުއްދަތެއްގެ ޖަލު ހުކުމެކެވެ.

އެކަމަކު ގާސިމް އިސްލާހު ހުށަހެޅުއްވިގޮތަށް އެ ބިލު ބަލައިގަނެ، ފާސްކޮށްފިނަމަ،  އެ ކުށް ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށަކަށް ބަދަލުވެ، 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button