ޚަބަރު

ރާއްޖޭގެ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ޤާއިމުކުރަނީ

ރާއްޖޭގެ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ޤާއިމުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފައްޓަވައި ދެއްވުމުގެ ގޮތުން އެމަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ  ވިދާޅުވެފައެވެ.

 

ރާއްޖޭގެ ރަށްތަކުގައި ތައުލީމު ހާސިލްކުރަމުން ގެންދާ ދަރިވަރުންގެ މެދުގައި ފޮތްކިޔުމަށް ލޯބި އިތުރުކުރުމުގެ ގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ގާއިމްކުރަން ނިންމާފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ރިޔާސީ ބަޔާން ދެއްވަމުން އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ސަރުކާރުން ގައުމިއްޔަތުދެކެ ލޯބިވާ ހުލްގު ހެޔޮ ޖީލެއް ބިނާކުރުމަށް ޓަކައި އިންގިލާބީ މަސައްކަތްޕުޅުތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެ އަމާޒަށް ވާސިލްވުމަށް ޓަކައި މިހާރުވެސް އެތައް ކަމެއް ކުރަން ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިފަދަ ބޮޑެތި ބަދަލުތަކުގައި ރާއްޖޭން ބޭރުގައި ތައުލީމު ހާސިލްކުރަމުން ގެންދާ ދަރިވަރުން އެއްކިބާ ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން، ބޭރު ގައުމުތަކުގައި ތައުލީމް ހާސިލްކުރަމުން ގެންދާ ދަރިވަރުންނަށް ދިވެހިބަހާއި  އިސްލާމް ކިޔަވައިދިނުން މި އަހަރުތެރޭގައި ފުޅާކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ރާއްޖޭގެ ޤައުމީ މުޤައްރަރުގައި ހިމަނައިގެން އަންނަ ދިރާސީ އާ އަހަރު ކިޔަވައިދޭން ފަށާނެ. ސްކޫލްތަކުގެ އެސެމްބްލީ ޤައުމީ ސަލާމުން ފެށުމުގެ އާދަ ހިފަހައްޓަން މި 2024 ވަނަ އަހަރާއެކު ފަށާފައިވާއިރު، ޤައުމީ ލޯބި ހުރި ދިވެހިވަންތަ ޖީލެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރަން ހުރި މަސައްކަތް އަދިވެސް ވަރަށް ގިނަ“ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކުރީ ސަރުކާރުން ދަރިވަރުންގެ ތައުލީމީ ކަންކަމަށް އިހުމާލުވުމުގެ ސަބަބުން، ދަރިވަރުންގެ ދިރާސީ އަހަރުން އެއް އަހަރު ފަސްވެފައި ވީނަމަވެސް، އެކަމަށް މި ސަރުކާރުން ހައްލެއް ގެނައުމުގެ ގޮތުން، ކުރިއަށް މިއޮތް 2 އަހަރު ދިރާސީ އަހަރު ހިނގާ ގޮތަށް ބަދަލު ގެނެސް، 2026 ވަނަ އަހަރުގެ ތައުލީމީ އައު އަހަރު ފަށާގޮތަށް ހަމަޖެހިފައިވަނީ އެ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button