ޚަބަރުސިޔާސީ

އެއާޕޯޓު ސަލާމަތްވީ އާޒިމާގެ ބުރަ މަސައްކަތުން: އަބާން

ރާއްޖޭގެ އިގްތިސާދުގެ މައިދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދިވެހިންގެ އަތްމަތީގައި އޮތީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލް އުސްތާޒާ އާޒިމާ ޝަކޫރު  ކުރެއްވި ބުރަ މަސައްކަތުން ކަމުގައި ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ އިބްރާހީމް އަބާން އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އަބާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމަށް އަގު ހުރި ހިދުމަތެއް ކުރައްވާފައި ހުންނެވި ބޭފުޅަކު މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމުން އިތުރު ވިސްނުމަކަށް ދިއުމުގެ ބޭނުމެއް ނެތް ކަމުގައެވެ.

”ކުރީގެ ސަރުކާރަކުން ގައުމުގެ މައިދޮރާށި ބޭރު ކުންފުންޏަކަށް މަދު ފައިސާ ކޮޅަކަށް ދިނުމުން ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ގޮސް ދިވެހިންނަށް އަލުން އެއާޕޯޓު ހޯދާދެއްވީ އާޒިމާ.“ އަބާން ވިދާޅުވިއެވެ.

އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް އެއާޕޯޓު ހިންގަން ދިގު މުއްދަތަކަށް ހަވާލު ކޮށް، ނުއަގުގައި ބޭރުގެ ބަޔަކަށް އެއާޕޯޓު ވިއްކާލި ކަމުގެ ތުހުމަތު އަމާޒުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަދި ރައީސް ވަހީދުގެ ވެރިކަމުގެ ކުރު މުއްދަތެއްގެ ތެރޭގައި  ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް އެ މައްސަލަ ހުށަހެޅުމުން ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރައްވަން ވަޑައިގެންނެވީ އާޒިމާ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button