ޚަބަރު
ނަބިއްޔާގެ ދިފާއިގައި ޕީޕީއެމުން ބާއްވާ ބޮޑު ޖަލްސާ މިރޭ

ކީރިތި ރަސޫލް (ސ.އ.ވ) ގެ ދިފާއުގައި ޕީޕީއެމުން ކުރިއަށްގެންދާ “ނަބިއްޔާގެ ދިފާއުގައި” ޖަލްސާ، މިރޭ 08:30 ގައި ކުރިއަށްދާނެކަމަށް އެޕާޓީއިން އިއުލާންކޮށްފިއެވެ.
މި ޖަލްސާކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުގައެވެ. ޕީޕީއެމުން ވަނީ އެންމެހާ ދިވެހި ރައްޔިތުންނަށް މި ޖަލްސާއަށް ދައުވަތުއަރުވާފައެވެ.
އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ދެ އޮފިޝަލަކު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެކަލޭގެފާނުގެ ޝަހްސު ތައުހީނުކޮށް ހިންގާފައިވާ މުޑުދާރު އަމަލާއި ގުޅިގެން ގިނަ ގައުމުތަކުން ވަނީ އެކަމާމެދު ނުރުހުން ފާޅުކޮށްފައެވެ. އެހެން ނަމަވެސް ދިވެހި ސަރުކާރުން މިކަމާމެދު މާބޮޑު ފަރުވާލެއް ބަހައްޓާފައެއް ނުވެއެވެ. އަދި މިކަމާމެދު ނުރުހުން ފާޅުކުރި ހަމައެކަނި ސިޔާސީ ޕާޓީ އަކީ ޕީޕީއެމްކަން ފާހަގަކޮށްލެވެއެވެ.