ޚަބަރުސިޔާސީ

އިންޑިއާއާ ދެކޮޅިކީ ނޫން، އެއަށްވުރެ ބޮޑަށް ރާއްޖެއާ އެއްކޮޅީ: ރައީސް ޔާމީން

އެމަނިކުފާނު އިންޑިއާއި ދެކޮޅީ ނޫން ކަމަށާއި، އެއަށްވުރެ ބޮޑަށް ރާއްޖެއާ އެއްކޮޅީ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

“މޯލްޑިވްސް ވޮއިސް” އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ މިހާރުވެސް އަދި މުސްތަގްބަލުގައިވެސް، އިންޑިއާއާއި ދެކޮޅުވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އިންޑިއާ އަށްވުރެ އަބަދުވެސް ދިވެހި ގައުމުގެ މަސްލަހަތު އިސްވާނެ ކަމަށް ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދާޅުވީ މިހާރު ކުރިއަށްދާ އިންޑިއާ އައުޓް ކެންޕެއިނަކީވެސް އިންޑިޔާގެ ރައްޔިޔަތުންނަށް ނުވަތަ މަސައްކަތްތެރިއަކަށް އަމާޒުކުރެވޭ ހަރަކާތެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ޕާޓީގެ އެއްވެސް ލީޑަރަކު އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވޭތޯ ސުވާލުކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް އަބަދުވެސް އެންމެ އިސްވާނީ ދިވެހި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި، ރައްޔިތުންގެ ހަމަޖެހުން ކަމަށެވެ. އަދި މިއަދު އެކަންކަމަށް ހުރަސް އަޅަނީ އިންޑިއާއިން ކަމަށް ވުމުން، އެ ނުފޫޒުން ރާއްޖެ ސަލާމަތް ކުރުމަށް އިންޑިއާ އައުޓް ގޮވަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ މި ބަސްދީގަތުމުގައި އިތުރަށް ވިދާޅުވީ، މިއަދު ރާއްޖޭގެ ސަރުކާރުން ހުރިހާ ކަމެއްގައި އިންޑިއާއަށް ބަރޯސާވެ، ހާރިޖީ އަދި ދާޙިލީ ކަންކަމުގައި އިންޑިއާ ބޭނުންގޮތަށް ކަންކުރުމުގެ ހިތި ނަތީޖާ މިހާރަށްވުރެ ބޮޑަށް އަދި ފެންނާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އިންޑިއާއާއެކު ހެދިފައިވާ މިފަދަ ހުރިހާ އެއްބަސްވުމެއް ބާތިލްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button