ޚަބަރު

ސަރުކާރުން އުޅެނީ މާލިއްޔާ ފޫކަހާލަން: ޝިޔާމް

މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ސަރުކާރުގެ ފަރާތުން ހުށައެޅުއްވި އިސްލަާހަކީ މާލިއްޔަތު ފޫކަހާލަން ހުށައެޅި އިސްލާހެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ ސަރުކާރުން މިއަދު މަސައްކަތް ކުރަމުންދަނީ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ސަރުކާރަށް ކޮށްފައިވާ އިލްތިމާސްތައް ބޮލާލައި ޖަހައި ރައްޔިތުން އިނދަޖެއްސުމަށް ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއިން އަތް ނުލެވޭ ގޮތަށް ހުރިފައިސާއަށް ބޭނުން ގޮތެއް ހެދުމުގެ ހުއްދަ، ފިނޭންސް މިނިސްޓަރާއި ރައީސުލް ޖުމްހޫރިއްޔާއަށް ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.

ހަމަ އެހެންމެ މި ބިލުގެ ދަށުން އުފެދޭ ވަޒީފާތަށް ފާހަގަކުރައްވަމުން ވިދާޅުވީ، އެއްދުވަހު ރައީސުލް ޖުމްހޫރިއްޔާ ހަރަދުތައް ކުޑަކުރަން ވިދާޅުވެފައި، މި އިސްލާހުން އެކަނި 2 ކޮމިޓީއަކާއި، 2 ބޯޑުގެ އިތުރުން ޗީފް އިންޓަރނަލް އޮޑިޓަރަކާއި، އެކައްޓެންޓް ޖެނެރަލް ެުއުފަންވެގެންދިޔުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް ތަންދޮރު ނުދަންނަކަން ހާމަވާ ކަމެއް ކަމަށެވެ.

ޝިޔާމް ވަނީ މިބިލާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، މި ބިލަށް ބަހުސްކުރެއްވުމަށް އިންސާފުވެރިކަމާއެކު ފުރުސަތުއެރުވުމަށް މަޖްލީހުގެ ރައީސް މުހަންމަދު ނަޝީދުގެ އަރިހުން އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button