ޚަބަރު
ހެންވޭރު ގެއެއްގެ 3 ވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެ

މހެންވޭރު ގެއެއްގެ 3 ވަނަ ފަންގިފލާއިން މީހަކު ވެއްޓި ޒަހަމް ވެއްޖެއެވެ.
މަޢުލޫމާތު ލިބޭގޮތުގައި ޒަޚަމްވެފައިވަނީ ދިވެހި އަންހެނެކެވެ. ޒަޚަމްވީ މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މިހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 00:39 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.