ޚަބަރު

ފުުލުހުންގެ ސެކިއުރިޓީ ހިދުމަތް އާންމު ފަރުދުންނަށް: ސޯޝަލްމީޑިއާ

މާރިޗު މަހުގެ 29ވަނަ ދުވަހުގެރޭ ސޯޝަލްމީޑިއާގައި މަޝްހޫރުވެފައިވާ މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން)ގެ އުފަން ދުވަސް ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން މާލެ އުސްފަސްގަނޑުގައި ބޭއްވި ހަރަކާތުގައި ހަވާ އަރުވާފައިވާއިރު، މި ހަރަކާތުގެ ތެރެއިން ކައިޒީނަށް ފުލުހުންގެ ސެކިއުރިޓީ ހިދުމަތް ދީފައިވާކަމުގެ ހަބަރުތައް ދަނީ ސޯޝަލްމީޑިއާގައި ފެތުރެމުންނެވެ. އާާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ކައިޒީން އުސްފަސްގަނޑަށް ގޮސްފައިވަނީ ޕުރައިވެޓު ކާރެއްގައެވެ. ކާރުން ފައިބައިގެން ދިޔަ އިރު ކަޅު ހެދުމުގައި ތިބި ސެކިއުރިޓީ ކައިޒީންގެ ދެފަރާތުގައި ތިބި މަންޒަރު ފެނެއެވެ. އަދި ހަރަކާތަށްފަހު އެނބުރި ކާރަށް އަރަން ދިޔައިރު ވެސް ކައިޒީންގެ ދެފަރާތުގައި ސެކިއުރިޓީ ތިބި މަންޒަރާއި ކައިޒީން ކާރަށް އެރުމަށް ކާރުގެ ދޮރު ހުޅުވައިދިން މަންޒަރުވެސް ވީޑިއޯގައި ފެންނަމުންދެއެވެ.

ނަމަވެސް ފުލުހުން ވަނީ ކައިޒީނަށް ސެކިއުރިޓީ ދިނ ްކަމަށް އިންކާރުކޮށްފައެވެ.

އެކަމަށް ފާާޑުކިޔާ އާންމުން ސުވާލު އުފައްދާފައިވަނީ އެވަރުގެ ސެކިއުރިޓީ ހިދުމަތެއް ކައިޒީނަށް ދިވެހި ފުލުހުންގެ ފަރާތުން ލިބެންވީ ކީއްވެ ކަމާމެދުއެވެ.

ރާއްޖޭގައި އަމިއްލަ މީހުން އެދިގެން ސިފައިންގެ ބެލުމުގެ ދަށުން ސިފައިން ހަވާ އަރުވާދެއެވެ. ސިފައިން އެ ކަން ކޮށްދެނީ އަގު ނަގައިގެން، ވިޔަފާރި އުސޫލުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button