ރ.އިނގުރައިދޫގައި ބޭއްވި ޔޫތު މިނިސްޓްރީގެ ހަފްތާ ރެސް ޕްރޮގްރާމުގައި ސުކޫލު ގަޑީގައި ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ކިޔައި ނުދޭ ކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.
ޔޫތު މިނިސްޓްރީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަފްތާ ރެސް ޕްރޮގްރާމުގެ ތެރެއިން ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ އަމަލެއް ކަމަށް ބުނެ މައުލޫމާތު ދީފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއްނޫން ކަމުގައެވެ. އަދި އެފަދަ އެއްވެސް ޕްރޮގްރާމެއް މިމިނިސްޓްރީއިން ހިންގާފައި ނުވާނެ ކަމާއި އަދި ނުވެސް ހިންގާނެކަމުގައި އެ މިނިސްޓްރީއިން ބުންޏެވެ.
ހަފްތާ ރެސް ޕްރޮގްރާމުގެ ތެރެއިން ވަގުތަށް ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ އަމަލެއްކަމަށް ބުނެ މައުލޫމާތު ދީފައިވާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއްނޫން.
އެފަދަ އެއްވެސް ޕްރޮގްރާމެއް މިމިނިސްޓްރީއިން ހިންގާފައެއް ނުވާނެ އަދި ނުވެސް ހިންގާނެ. pic.twitter.com/GSORTXCIhA— Ahmed Mahloof (@AhmedMahloof) June 13, 2022
މިކަން ހިނގައިދިޔައީ ޔޫތު މިނިސްޓްރީ އިން ރ.އިނގުރައިދޫގައި ކުރިޔަށް ގެންދިޔަ ހަފްތާ ރެސް ޕްރޮގްރާމުގެ ފަސް ވަނަ ދުވަހު ބޭއްވި އަމާން ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާއާއެކު، މި ޝިއާރުގެ ދަށުން ކުރިޔަށް ގެންދިޔަ ސެޝަނެއްގައެވެ.
މިއީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާރާއި، ހޯޕް ފޯ ވިމެން ޖަމްއިއްޔާގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި ޔޫއެންޑީޕީ އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ހިންގި ޕްރޮގުރާމެކެވެ.
މި ސެޝަނުގައި ސްކޫލު ގަޑީގައި ނަމާދު ކުރުމާއި، ތުނބުޅި މަތިމަސް ބެހެއްޓުމާއި، އިސްތަށިގަނޑު ދިގުކުރުމާއި، އެސެމްބްލީގައި ލަވަ ކިޔުމަށް ދެކޮޅު ހެދުން ފަދަ ކަންކަމަކީ ހަރުކަށި ފިކުރަށް ދަރިވަރަކު ދާން އުޅޭ ކަމުގެ އަލާމާތްތަކެއް ކަމަށް ކިޔައިދީފައިވެއެވެ.
މީގެ އިތުރުން ހާއްސަ ދުވަސްތައް ފާހަގަކުރުމަށް ދެކޮޅު ހެދުމާއި، ބައެއް މާއްދާތައް ކިޔަވަން ދެކޮޅު ހެދުންވެސް ހިމެނެއެވެ.
އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކުއިލިއަމް ނަމަކަށް ކިޔާ ޖަމިއްޔާއަކުން އައްޑޫ ސިޓީގައި ލާދީނީ ވޯކްޝޮޕެއް ހިންގި ކަމަށް ބުނާ މައްސަލައެއްވެސް މީގެ ކުރިން ފެންމަތިވިއެވެ. އެކަމަކު އެ ވާހަކަ ސަރުކާރުން ދޮގު ކުރުމަށްފަހު އެ މައްސަލަ އެދެވޭގޮތެއްގައި ނުބަލައި ދޫކޮށްލީއެވެ