ޚަބަރު

މާލޭ ފަޅުގައި އޮތް ލޯންޗްތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭ ދެކުނު ފަރާތު ފަޅުގައި އޮތް ލޯންޗްތަކެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި މިހާދިސާގެ ރިޕޯޓް އެފަރާތަށް ލިބިފައިވަނީ ހެނދުނު 6:13 ހާއިރުއެވެ. އަދި އެވަގުތުން ފެށިގެން ފަޔަރފައިޓަރުން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ.

ފުލުހުން ބުނި ގޮތުގައި މިހާދިސާގައި ވަނީ ބިދޭސީއަކަށް އަނިޔާވެފައެވެ. އެމީހާއަށް މިވަގުތު އައިޖީއެމްއެޗް ގައި ދަނީ ފަރުވާ ދެމުންނެވެ.

މިހާދިސާގެ ތެރެއިން 6 ލޯންޗަކަށް އެކިވަރުގެ ގެެއްލުން ވަނީ ވެފައެވެ. މިކަން ހިނގާފައި މިވަނީ ލޯންޗްތަކަށް ވަގުންގެ އުނދަގޫ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button