ޚަބަރު

ހުޅުމާލެ ފޭސް 2 ގައި ބުދުދީނުގެ ކަލާންގެއެއްގެ ނަމުން ނަން ދީފައިވާ އިމާރާތެއް!

ހުޅުމާލެ ފޭސް – 2 ގައި ބުދުދީނުގެ ކަލާންގެއެއްގެ ނަމުން ނަން ދީފައިވާ އިމާރާތެއް އަޅަމުންދާކަން ހާމަވެއްޖެއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޒަންޒަމް ފާރިޝް މީސްމީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މި އިމާރާތަށް ނަންދީފައިވަނީ ހިންދޫ ކަލާންގެ “ވިޝްވަކަރްމާ” ގެ ނަމުންނެވެ.

ވިޝްވަކަރްމާ އަކީ ބުދު ދީނުގެ އިމާރާތްކުރުމާއި ފަރުމާކުރުމުގެ ކަލާންގެއެވެ.

މި ވީޑިއޯ އާންމުކުރަމުން ފާރިޝް ބުނީ، މި ކަމުގެ އަޑު ފެތުރެންދާތާ ދުވަސްތަކެއް ވެއްޖެކަމަށާއި، މި ވީޑިއޯއަކީ އެކަން ތަހުގީގުކުރުމަށް އޭނާ އަމިއްލައަށް ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށައަޅާނެ ކަމަށާއި، އުންމީދަކީ މި މައްސަލަ ބަލައި، އެކަށީގެންވާ ފިޔަވަޅެއް އެޅިގެން ދިޔުން ކަމަށް ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިންޑިޔާގެ ހިންދޫ ދީނުގެ ޝިއާރު ރަމްޒުކޮށްދޭ ތަންތަން ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ. އެގޮތުން އައްޑޫގައި ހިންދޫއިންގެ ފައްޅިއެއް ހުރިކަން ދާދިފަހުން ހާމަވެފަައިވާއިރު، އަމީން އެވެނިއުގައިވެސް ފައްޅިއެއް ހަދައި، އެތާނގައި އަޅުކަން ކުރާތަން ފެންނަ ވީޑިއޯއެއް ވަނީ މީގެކުރިން އާންމު ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button