ޚަބަރުސިޔާސީ

ސްކޫލު ގަޑީގައި ދަރިވަރުން ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމުގައި ސަރުކާރުން ބުނެދީފި

ސްކޫލު ގަޑީގައި ދަރިވަރުން ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމުގައި ސަރުކާރުން ބުނެދީފިއެވެ.

މިކަން ހިނގައިދިޔައީ ޔޫތު މިނިސްޓްރީ އިން ރ.އިނގުރައިދޫގައި ކުރިޔަށް ގެންދިޔަ ހަފްތާ ރެސް ޕްރޮގްރާމުގެ ފަސް ވަނަ ދުވަހު ބޭއްވި އަމާން ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާއާއެކު، މި ޝިއާރުގެ ދަށުން ކުރިޔަށް ގެންދިޔަ ސެޝަނެއްގައެވެ.

މިއީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓާރާއި، ހޯޕް ފޯ ވިމެން ޖަމްއިއްޔާގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި ޔޫއެންޑީޕީ އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ހިންގި ޕްރޮގުރާމެކެވެ.

މި ސެޝަނުގައި ސްކޫލު ގަޑީގައި ނަމާދު ކުރުމާއި، ތުނބުޅި މަތިމަސް ބެހެއްޓުމާއި، އިސްތަށިގަނޑު ދިގުކުރުމާއި، އެސެމްބްލީގައި ލަވަ ކިޔުމަށް ދެކޮޅު ހެދުން ފަދަ ކަންކަމަކީ ހަރުކަށި ފިކުރަށް ދަރިވަރަކު ދާން އުޅޭ ކަމުގެ އަލާމާތްތަކެއް ކަމަށް ކިޔައިދީފައިވެއެވެ.

https://twitter.com/MoYSCEmv/status/1535862846294138881?s=20&t=IkB4FZ2a8vjyw3F-fsF7fg

މީގެ އިތުރުން ހާއްސަ ދުވަސްތައް ފާހަގަކުރުމަށް ދެކޮޅު ހެދުމާއި، ބައެއް މާއްދާތައް ކިޔަވަން ދެކޮޅު ހެދުންވެސް ހިމެނެއެވެ.

އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކުއިލިއަމް ނަމަކަށް ކިޔާ ޖަމިއްޔާއަކުން އައްޑޫ ސިޓީގައި ލާދީނީ ވޯކްޝޮޕެއް ހިންގި ކަމަށް ބުނާ މައްސަލައެއްވެސް މީގެ ކުރިން ފެންމަތިވިއެވެ. އެކަމަކު އެ ވާހަކަ ސަރުކާރުން ދޮގު ކުރުމަށްފަހު އެ މައްސަލަ އެދެވޭގޮތެއްގައި ނުބަލައި ދޫކޮށްލީއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button