ޚަބަރުސިޔާސީ

އިންޑިއާ އައުޓު ޖެހީ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ވަޒީރުންގެ ކާރުކޮޅުގައި

އިންޑިއާ އައުޓު ޖެހީ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރުންގެ ކާރުކޮޅުގައިކަން ހާމަވެއްޖެއެވެ.

މިކަން ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައި ދައުލަތުގެ 4 ވަޒީރެއްގެ ކާރުކޮޅުތައް ވެލާނާގޭ އިމާރާތުގައި ހުންނަ ޕާކިން ލޮޓުގައި ޕާކުކޮށްފައި ހުއްޓައެވެ.

އެނގިފައިވާގޮތުގައި އިންޑިއާ އައުޓު ސްޕްރޭ ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި، މާލީ ވަޒީރު އިބްރާހީމް އަމީރުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަންގެ ކާރުކޮޅުގައެވެ. ތިންވަނަ އަށް ސްޕްރޭ ކުރީ ކޮން ވަޒީރެއްގެ ކާރުކޮޅު ކަމެއް ނޭނގެ އެވެ. އެކަމަކު ބެލެވޭގޮތުގައި އެއީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ކާރުކޮޅެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ވަނީ ބައެއް ވަޒީރުންގެ ގެކޮޅުތަކުގައިވެސް އިންޑިއާ އައުޓް ޖަހާފައެވެ. އެގޮތުން ދިފާއީ ވަޒީރު މާރިޔާ ދީދީގެ އިތުރުން ހާރިޖީ ވަޒީރު އަބްދުالله ޝާހިދުގެ ގެކޮޅުގައި އިންޑިއާ އައުޓް ސްޕްރޭ ކުރިއިރު، މަޖްލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ މަންމާފުޅުގެ ގެކޮޅު ގ. ކެނެރީ ގޭގައިވެސް ވަނީ އިންޑިއާ އައުޓް ޖަހާފައެވެ.

One Comment

  1. ބޮންތި ނިއުސް މީހުން ނަށް ހުރިހާ ކަމެއް ވެސް އެނގި ހުރެ ގަސްތުގައި ބައެއް ކަންކަން ނުބުނަން ތި އުޅެނީ. މަށަށް ހީވަނީ 3 ވަނަ ސުޕްރޭ ކޮށްފައި ވަނީ ހަމަ މަހްލޫފް ކާރު ކޮޅުގަހެން ހަމަ އެނގި ހުރެ އަސްލު އޮޅުވާލަނީ 😞

Leave a Reply to ޖައިމް Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button