ޚަބަރު

ނޫސްވެރިންގެ ދިފާއުގައި ފުލުސް އޮފީސް ދޮށަށް އެއްވެއްޖެ

ނޫސްވެރިންގެ ދިފާއުގައި އަޑުއުފުލުމަށް ނޫސްވެރިންނާއި އާންމުން ޝަހީދު ހުސައިން އާދަމް ބިލްޑިންގ ދޮށަށް އެއްވެއްޖެއެވެ.

ފުލުސް އޮފީސް ދޮށަށް ނޫސްވެރިންނާއި އާންމުން އެއްވީ, ދާދިފަހުން ފާސްކޮށްފައިވާ ހެއްކާބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއި ދެކޯޅަށް އަޑުއުފުލަމަށާއި, ”ދިޔަރެސް“ ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން މަރުޒޫގާ ދެކޮޅަށް ކުރާ ޖިނާއީ ތުހުމަތާއި ދެކޮޅަށް އަޑުއުފުލުމަށެވެ. މި އެއްވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 14:30 ހާއިރުއެވެ. އަދި އެވަގުތަކީ ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުކުރުމަށް ކަނޑައެޅިފައި އޮތް ގަޑިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިޙް ތަސްދީގުކުރެއްވި ހެއްކާބެހޭ ގާނޫނުގެ އައު އިސްލާހާއެކު, ނޫސްވެރިން ލިޔާ ލިޔުނަތްކުގެ މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް މަޖުބޫރުކުރެވޭނެއެވެ. އަދި މަސްދަރު ހާމަނުކޮށްފިނަމަ ޖިނާއީ ފިޔަވަޅު އެޅޭނެއެވެ. މި އިސްލާހު ރައްޔިތުންގެ މަޖްލީހުން ފާސްކުރމުގެ ކުރިން ނޫސްވެރިން ވަނީ އެތައް ފަހަރެއްގެ މަތިން އެކަމުގެ ކަންބޮޑުވުން ފާލޫކޮށް, ރައްޔިތުންގެ މަޖްލީހާއި އެކަން ހިއްސާކޮށް, އަދި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގެ ނުރުހުންފާޅުކޮށްފައެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ފަރުވާލެއް ނުބަހައްޓައި ބިލް ފާސްކޮށް ތަސްދީގުކޮށްފައެވެ.

އެއްވުމުގެ ބައިވެރިން ދެން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ”ދިޔަރެސް“ ގެ ނޫސްވެރިޔއާ އަޒާންގެ މައްޗަށް ކުރެވޭ ޖިނާއީ ދައުވާ އާއި މެދުއެވެ. މިކަމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަޒާން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ، އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވިގޮތާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށް ކަމަށެވެ. އަދި އޭނާ ފުލުހަށް ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫންކަމަށް ބުނެފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button