ޚަބަރު
މަރބްލް ޝީޓުތަކެއްގެ ދޭތެރޭގައި 3 ބިދޭސީއަކު ތާށިވެ ފަރުވާ ދެމުން ދަނީ

ހުޅުމާލެ ފޭސް-2 ގައި ހުރި ކޮންޓެއިނެރެއްގެ ތެރެއިން މަރބްލް ޝީޓުތަކެއް ބާލަން އުޅުނު 3 ބިދޭސީއަކު ޝީޓުތަކުގެ ތެރޭގައި ތާށިވެ، ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި 3 ބިދޭސީންނަށްވެސް މިވަގުތު ދަނީ ހުޅުމާލެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުންނެވެ. މިކަމާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރަމުން ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ 3 ބިދޭސީންނަށްވެސް ބޮޑެތި ހާނިއްކަތަކެއް ވެފައިވާ ކަމަށެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކުރަމުން އަންނަ ގޮތުގައި މީގެ ތެރެއިން 2 ބިދޭސީއަކު ވަނީ މަރުވެފައެވެ. އެހެން ނަމަވެސް މީޑިއާ އޮފިޝަލް ވިދާޅުވީ އަދި އެއްވެސް ބިދޭސީއަކު މަރުވެފައިވާކަން ކަށަވަރު ނުވާ ކަމަށެވެ.
މިހާދިސާ ހިނގީ މިއަދު މެންދުރުފަހު 15:45 ހާއިރު ހުޅުމާލެ ފޭސް-2 ސަރަހައްދުގައެވެ.