ވަޒީރުންގެ ކާރުކޮޅުތަކުގައިވެސް އިންޑިއާ އައުޓު ޖަހައިފި
ސަރުކާރުގެ ބައެއް ވަޒީރުންގެ ކާރުކޮޅުތަކުގައި “އިންޑިއާ އައުޓް” ސްޕްރޭ ކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ވަޒީތުންގެ ކާރުކޮޅުތަކަށް ސްޕްރޭކޮށްފައިވަނީ މިއަދުގެ ހެންދުނުގެ ވަގުތެއްގައި، ވާލާނާގޭ ޕާކިންގްގައި ބާއްވާގައި އޮއްވައެވެ. އެގޮތުން 3 ކާރަކަށް ސްޕްރޭ ކޮށްފައިވާއިރު، މިއީ ކޮން ތިން ވަޒީރުންގެ ކާރެއް ކަމެއް އަދި ސާފެއްނުވެއެވެ. މި ކާރުތަކުގެ ފޮޓޯތައް މިހާރު ދަނީ މީސްޑިއާގައި ދައުރުވަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ވަނީ ބައެއް ވަޒީރުންގެ ގެކޮޅުތަކުގައިވެސް އިންޑިއާ އައުޓް ޖަހާފައެވެ. އެގޮތުން ދިފާއީ ވަޒީރު މާރިޔާ ދީދީގެ އިތުރުން ހާރިޖީ ވަޒީރު އަބްދުالله ޝާހިދުގެ ގެކޮޅުގައި އިންޑިއާ އައުޓް ސްޕްރޭ ކުރިއިރު، މަޖްލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ މަންމާފުޅުގެ ގެކޮޅު ގ. ކެނެރީ ގޭގައިވެސް ވަނީ އިންޑިއާ އައުޓް ޖަހާފައެވެ.