ޚަބަރުދުނިޔެ

ކީރިތި ރަސޫލާ ﷺ ގެ ދިފާއުގައި ނުކުތް މީހުނަށް ފުލުހުން އަނިޔާކޮށްފި

އިންޑިއާގައި ކީރިތި ރަސޫލް (ސ.އ.ވ) ގެ ދިފާއުގައި ނުކުތް މީހުނަށް ފުލުހުން އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން ލަޓިބުރިން އަނިޔާކުރަމުން ގެންދިޔައީ ހައްޔަރުގައި ތިބި ބަޔަކަށެވެ. މި މީހުންނަކީ ބީޖޭޕީގެ ސްޕޯކްސްޕާރސަން ނުޕޫރު ޝަރްމާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެކަލޭގެފާނުގެ ޝަޙްސު ތައުހީނުކޮށް ދައްކާފައިވާ ވާހަކަ ކުށްވެރިކޮށް އެގައުމުގައި ކުރި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރެވުނު ބައެކެވެ.

އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ މިފަދަ ލާއިންސާނީ އަނިޔާތަށް އިތުރުވެފައިވާއިރު، އެގައުމުގައި މުސްލިމުން ގެންދަނީ އެއަނިޔާތަކާ ދެކޮޅަށް ތެދުވަމުންނެވެ. އެހެން ނަމަވެސް އިންޑިއާގެ ހިންދޫ ސަރުކާރުން ވަނީ މުސްލިމުންނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައެވެ.

ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރުމުގެ މި މައްސަލައިގައި ގިނަ ގައުމުތަކަކުން ވަނީ އިންޑިއާއާ ދެކޮޅަށް ބަޔާންނެރެ ބަސް އިއްވާފައެވެ. އަދި މުސްލިމް ގައުމުތަކުން އިންޑިއާ ބޮއިކޮޓު ކުރުމަށް ގޮވަމުންދާއިރު، އެގައުމުން އަދިވެސް ރައްދުގައި ދައްކަނީ ހަރުކަށިކަމާއި، އަނިޔާވެރިކަމެވެ.

One Comment

Leave a Reply to EY Modi Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button