
އިންޑިއާގައި ކީރިތި ރަސޫލް (ސ.އ.ވ) ގެ ދިފާއުގައި ނުކުތް މީހުނަށް ފުލުހުން އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ފުލުހުން ލަޓިބުރިން އަނިޔާކުރަމުން ގެންދިޔައީ ހައްޔަރުގައި ތިބި ބަޔަކަށެވެ. މި މީހުންނަކީ ބީޖޭޕީގެ ސްޕޯކްސްޕާރސަން ނުޕޫރު ޝަރްމާ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެކަލޭގެފާނުގެ ޝަޙްސު ތައުހީނުކޮށް ދައްކާފައިވާ ވާހަކަ ކުށްވެރިކޮށް އެގައުމުގައި ކުރި މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރެވުނު ބައެކެވެ.
Police beat young Muslims in custody after participating in protests over Indian politicians’ insulting remarks against #ProphetMuhammad (PBUH).
Video: Shalab Mani, BJP Politicianpic.twitter.com/z0RVVWRKbk
— Ahmer Khan (@ahmermkhan) June 11, 2022
އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ މިފަދަ ލާއިންސާނީ އަނިޔާތަށް އިތުރުވެފައިވާއިރު، އެގައުމުގައި މުސްލިމުން ގެންދަނީ އެއަނިޔާތަކާ ދެކޮޅަށް ތެދުވަމުންނެވެ. އެހެން ނަމަވެސް އިންޑިއާގެ ހިންދޫ ސަރުކާރުން ވަނީ މުސްލިމުންނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައެވެ.
ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރުމުގެ މި މައްސަލައިގައި ގިނަ ގައުމުތަކަކުން ވަނީ އިންޑިއާއާ ދެކޮޅަށް ބަޔާންނެރެ ބަސް އިއްވާފައެވެ. އަދި މުސްލިމް ގައުމުތަކުން އިންޑިއާ ބޮއިކޮޓު ކުރުމަށް ގޮވަމުންދާއިރު، އެގައުމުން އަދިވެސް ރައްދުގައި ދައްކަނީ ހަރުކަށިކަމާއި، އަނިޔާވެރިކަމެވެ.
Muslimunnah aniyaakurun huttaalaa Kaley thivahtarah gadabaaru dhakkaagen ulhenikon thiyabaarukedidhaane maruvegenvegtidhaane