ޚަބަރު

މައިންބަފައިންގެ ހެޔޮ ދުއާއިން މެނުވީ ދަރިންނަށް ސުވަރުގެ ނުވަދެވޭނެ : ޚުޠުބާ

މައިންބަފައިންގެ ހެޔޮ ދުއާއިން މެނުވީ ދަރިންނަށް ސުވަރުގެ ނުވަދެވޭނެ ކަމަށް ހުކުރު ޚުޠުބާގައި ބުނެފި އެވެ.

”މާތް ﷲ ގެ ރަހުމަތްފުޅުގެ ތަނަވަސްކަން“ މި މައުޟޫއަށް ޚާއްސަކޮށްގެން މިއަދު ދިން ޚުޠުބާގައި ބުނީ އެކަލާނގެއީ އެކަލާނގެ ހެއްދެވި އެންމެހައި އަޅުންނަށް، މުސްލިމުންނަށާއި ކާފަރުންނަށް ވެސް ދުނިޔެމަތީގައި ރަހްމާންވަންތަ ރަސްކަލާނގެ ކަމަށެވެ.
”ތިޔަބައި މީހުން އެކަކު އަނެކަކަށް އޯގާތެރިވާށެވެ. ﷲ ގެ ރަހްމަތް ލިބޭނީ އޭރުންނެވެ،“ ހުތުބާގައި ބުނެފައިވެ އެވެ.
އެގޮތުން ދަރިން މައިންބަފައިންނަށް އޯގާތެރިވުމަށް ނަސޭހަތްތެރިވެ ޚުޠުބާގައި ބުނީ މައިންބަފައިންގެ ހެޔޮ ދުއާއިން މެނުވީ ދަރިންނަށް ސުވަރުގެ ނުވަދެވޭނެ ކަމަށެވެ.
”ތިޔަ ކުދިން ތިޔަ ކުދިންގެ މައިންބަފައިންނަށް އޯގާތެރިވާށެވެ. އެމީހުންނަށް ހެޔޮކޮށް ހިތާށެވެ. އެމީހުންގެ ހިތުގައި ނުޖައްސާށެވެ. އެމީހުން ރުޅިއަރުވައި ރޮއްވައި ނުހަދާށެވެ. ހެނދުނާއި ހަވީރު އެމީހުންނަށް ހެޔޮދުއާ ކުރާށެވެ. އެހެނީ މައިންބަފައިންގެ ހެޔޮ ދުއާއިން މެނުވީ ތިޔަ ކުދިންނަށް ސުވަރުގެ ނުވަދެވޭނެތެވެ،“ ޚުޠުބާގައި ބުނެފައިވެ އެވެ.
ޚުޠުބާގައި ބުނި ގޮތުގައި އަބާއްޖަވެރިއަކީ ރަހްމު ނުކުރާ މީހާ އެވެ. ”ރަހްމުކުރާ މީހަކަށް ތިބާ ވަށެވެ. އޭރުން ﷲ ތިބާއަށް ރަހްމަތް ލައްވާނެ އެވެ،“ ހުތުބާގައި ބުނެފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button