ޚަބަރު

ޓީއެމްއޭ ވިއްކާލަނީ!

ޓްރާންސް މޯލްޑިވިއަށް އެއަރވޭސް (ޓީއެމްއޭ) ވިއްކާލުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވާކަން ހާމަވެއްޖެއެވެ.

”ބްލޫމް ބާރގް“ މަޖައްލާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި, ޓީއެމްއޭގެ އެންމެ ބޮޑު ހިއްސާ އޮންނަ ކުންފުނި ”ކާލައިލް ގްރޫޕް“ އިން މިހާރު ދަނީ ޓީއެމްއޭ ވިއްކާލުމަށް ތައްޔާރުވަމުންނެވެ. އަދި އެ ގުރޫޕުން ޓީއެމްއޭ އަގުކޮށް ވިއްކާލުމަށް ތައްޔާރުވަމުންދަނީ 500 މިލިއަން ޑޮލަރާއި 700 މިލިއަން ޑޮލަރާއި ދެމެދުގެ އަގެއްގައެވެ.

އެގޮތުން ކާލައިން ގްރޫޕުން މިހާރުވަނީ ޓީއެމްއޭގެ ޝެއަރ ދެން ހިއްސާކުރާ ދެ ކުންފުނި ކަމަށްވާ ”ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖެމެންޓް“ އާއި ”ޑޭވިދްސަން ކެންޕްނަރ ކެޕިޓަލް މެނޭޖްމެންޓް“ އާއި މަޝްވަރާކޮށް, ޓީއެމްއޭ ވިއްކާލުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންނެވެ. އަދި ބައެއް އިތުރު ކުންފުނިތަކުން ޓީއެމްއޭ ގަތުމަށް މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ބްލޫމްބާގް މަޖައްލާއިން ރިޕޯޓުކޯށްފައިވެއެވެ.

ކާލައިލް ގްރޫޕުން ޓީއެމްއޭގެ ކޮންޓްރޯލިންގް ހިއްސާ ހޯދާފައިވަނީ މިދިޔަ އަހަރު ހެދުނު ދަރަނި ރީސްތްރަކްޗަރ ކުރުމުގެ ޑީލެއްގެ ތެރެއިންނެވެ. އަދި ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖެމެންޓް އާއި ޑޭވިޑްސަން ކެންޕްނަރ ކެޕިޓަލް މެނޭޖްމެންޓުން ޓިއެމްއޭގެ ހިއްސާ ގަނެފައިވަނީ 2017 ވަނަ އަހަރު އޭރު ޓީއެމްއޭގެ ހިއްސާ އޮތް ”ބްލެކް ސްޓޯން“ ކުންފުނިންނެވެ. ޓީއެމްއޭ މިހާރު ދުނިޔޭގެ އޮޕަރޭޓުކުރާ އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮތް ކުންފުންޏެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button