ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް ވެސް އުސޫލު މުގުރާލުމަށްފަހު ސިޔާސީ މަސައްކަތުގަ!

ޗީފް އޮޕް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލު ސިޔާސީ މަސައްކަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއިއެކު ހަރަކާތްރިވާން ފަށައިފިއެވެ.

ރައީސް ސޯލިހު މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ނުރަސްމީ ދަތުރު ތަކުގައި މޭޖަރ ޝަމާލް ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. މި ބައްދަލުވުންތަކަކީ 2023 ގެ އިންތިހާބަށް ތައްޔާރުވުމަށް، ކޯލިޝަން ލީޑަރުންނާއި ބައްދަލުކުރުމަށް ކުރާ ދަތުރުތަކެކެވެ.
މޭޖަރ ޝަމާލްގެ މި އަމަލަކީ ސިފައިންގެ ޕްރޮޓޮކޯލްއާއި ކަނަޑައެޅިގެން ހިލާފު އަމަލެކެވެ. އަދި ސިފައިންގެ އެއްވެސް ރޭންކެއްގެ ބޭފުޅެއްގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލެއް ސިފައިންގޭގެ ދިގު ތާރީހުގައިވެސް ހިންގިތަނެއް ފެނިފައެއް ނުވެއެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މޭޖަރ ޝަމާލްއަށް އަމާޒުވެފައެވެ.

އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ޝިޔާމްވެސް ވަނީ މިކަމާމެދު ކަން ބޮޑުވުން ފާޅުކުރައްވާފައެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ އެމްއެންޑީއެފަށްވެސް ހުތުރު އަމަލެއް ކަމަށެވެ. އަދު މޭޖަރ ޝަމާލް ވަނީ އެމްއެންޑީއެފްގެ ގަދަރާއި ކަރާމާތް ނަގާލާފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސިފައިންގެ ގާނޫނާއި ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި ސިފައިންގެ ކޯޑް އޮފް ކޮންޑަކްޓް ބުނާ ގޮތުން ސިފައިން ސިޔާސީ ކަންކަމުގައި ބައިވެރިވުމަކީ މަނާ ކަމެކެވެ. މިކަމާ ގުޅިގެން މޭޖަރ ޝަމާލްއާއި މެދު އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައިވާކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button