ޚަބަރު

ރާއްޖޭ ބޮއިކޮޓު ކުރަން މޯދީގެ ގްރޫޕުތަކުން ގޮވަނީ!

އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ސްޕޯކްސްވުމަން ނުފޫރް ޝަރްމާ ކީރިތި ރަސޫލާއަށް ފުރައްސާކުރި މައްސަލައިގައި ދިވެހިން އިންޑިޔާއަށް ފާޑުކިޔަމުންދާތީ އެކަމާ ނުރުހުން ފާޅުކޮށް ބީޖޭޕީއާއި، އާރުއެސްއެސް އަށް ވާގިވެރިވާ ހަރުކަށި ފަރާތްތަކުން ދިވެހިރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި، ޓްވީޓުކުރަން ފަށައިފިއެވެ.

https://twitter.com/venomhoonmai/status/1534972366895611904?s=21&t=_7AmspYQy3tasaBk1KLqMA

އެގޮތުން ދިވެހި ދިދައިގައި އަލިފާންޖަހާފައިވާގޮތަށް ހަދާފައިވާ ފޮޓޯ ތަށް ޕޯސްޓުކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން ދަނީ ދިވެހިންނަކީ އިންޑިޔާގެ އަޅުން ކަމަށާއި، ދިވެހިން މިހާރު “ސައިޒު” ކުރަންޖެހޭކަމަށް ބުނަމުންނެވެ.

https://twitter.com/mohanhr731/status/1534417298207178752?s=21&t=QlFS_RcnV61wYwK9HRqHHA

މީގެ އިތުރުން އެފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ 50% އިންސައްތަ ފަތުވެރިންނަކީ އިންޑިއާ މީހުން ކަމަށާއި، ދެން އިންޑިއާ މީހުން ރާއްޖެ ނުދާނެ ކަމަށްބުނެ ރާއްޖެ ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށް ދަނީ ގޮވާލަމުންނެވެ.

މީގެ އިތުރުން ދިވެހިން ތިބެން ޖެހޭނީ އަބަދުވެސް އިންޑިޔާގެ ދަށުގައި ކަމަށާއި، ބޭނުންހައި އެއްޗެއް ނުކިޔޭނެ ކަމަށް ދަނީ ބުނަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައާއި ގުޅިގެން ނުރުހުން ފާޅުކުރި ހުރިހާ ގައުމުތައް ބޮއިކޮޓު ކުރުމަށް ބީޖޭޕީއާއި އާރުއެސްއެސްގެ ގްރޫޕުތަކުން ދަނީ ގޮވަމުންނެވެ. އެގޮތުން ގަތަރު ބޮއިކޮޓު ކުރުމަށްވެސް އެ ގުރޫޕުތަކުން ވަނީ ކެންޕެއިނެއް ފަށާފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button